ފުވައްމުލަކުން ކުޑަ ކުއްޖަކު ގެއްލިގެން ހޯދަނީ

ފުވައްމުލައް ސިޓީގައި ކުޑަ ކުއްޖަކު ގެއްލިގެން ހޯދަމުން އެބަ ގެންދެއެވެ. ދުވަހަށް މައުލޫމާތުދެމުން ކުއްޖާގެ ބައްޕަ، ހުޝާމް މުހައްމަދު ބުނީ އެމީހުން ދިރިއުޅެނީ ފުވައްމުލަކު ދިގުވާނޑު ފްލެޓްތަކުގައި ކަމ...

10 Nov 2024 | 13:41

ފުވައްމުލައް ސިޓީގައި ކުޑަ ކުއްޖަކު ގެއްލިގެން ހޯދަމުން އެބަ ގެންދެއެވެ.

ދުވަހަށް މައުލޫމާތުދެމުން ކުއްޖާގެ ބައްޕަ، ހުޝާމް މުހައްމަދު ބުނީ އެމީހުން ދިރިއުޅެނީ ފުވައްމުލަކު ދިގުވާނޑު ފްލެޓްތަކުގައި ކަމަށާއި ކޮންމެ ދުވަހަކުވެސް ހަވީރު ކުދިންތައް ކުޅެން ނިކުމެ އުޅޭއިރު ދަރިފުޅުވެސް މިއަދު ކުޅެން ނިކުމެ އުޅުނު އިރު ހަވީރު ފަހެއްޖަހާއެހާކަންހާއިރު ޚަބަރެއް ނުވެ ގެއްލުނީ ކަމަށެވެ.

"އަޅުގަނޑު މިވަގުތު މިހުރީ މާލޭގައި، ކުއްޖާގެ މަންމަ ހުރީ ރަށުގައި، ޕޮލިހަށްވެސް މިހާރު ވާނީ ގެއްލިގެން ރިޕޯޓުކޮށްފައި" ދުވަހަށް މައުލޫމާތުދެމުން ހުޝާމް ބުންޏެވެ.

ގެއްލިގެން ހޯދަމުން އަންނަނީ، ފޮޓޯގައިއެވާ، އުމުރުން އަދި ތިން އަހަރު ނުފުރޭ އިޒްޔާން ހުޝާމް އެވެ. އިޒްޔާންގެ ޚަބަރެއްވެއްޖެނަމަ 9100872 އަދި 9884426 އަށް ގުޅުމަށް ކުއްޖާގެ ބައްޕަ އެދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް