ވެރިކަމުގައި އޮތީ އެމްޑީޕީ ނަމަ މިއަދު ފެނިގެންދާނީ އަލަމްގިރި މުބާރާތެއް ކަމުގައި ޝައިޚް ޒަމްޒަމް ފާރިޝް ބުނެފިއެވެ.
އޭނާ މިހެން ބުނެފައިވަނީ ރާއްޖޭގައި މިހާރު ބާއްވަމުން އަންނަ ބޮޑީ ބިލްޑިންގް މުބާރާތާއި ގުޅޭގޮތުން ހޫނު ބަހުސެއް އުފެދިފައިވާ މި ދަނޑިވަޅުގައި އޭނާގެވެސް ރައުޔު މިކަމުގައި ހާމަކުރަން ކަމުގައި ބެލެވެއެވެ.
އެގޮތުން ޝައިޚް ވިދާޅުވެފައިވަނީ ބޮޑީ ބިލްޑިންގް ނަމުގައި އޮރިޔާން އާންމުކުރަން އެ ހިންގާ ޖަރީމާ ރަނަގަޅުކުރަނީކީ ނޫން ކަމަަށާއި ނަމަވެސް މިއަދު އެމްޑީޕީއާއި އަދާލަތު ވެރިކަމުގައި ތިބިނަމަ މުބާރާތުގައި ބަރަހަނާވުން ބޮޑުވާނެކަމީ ގަބޫލުކުރަން ޖެހޭ ހަގީގަތެއް ކަމަށެވެ.
"މިއަދު އެމްޑީޕީއާއި އަދާލަތުން ވެރިކަމުގައި ތިބިނަމަ މިހާރު ކުރިއަށް އެ ގެންދާ ބަރަހަނާ މުބާރާތް ބާއްވާނީ މިހާރު އެތިބި ވަރަށްވުރެވެސް ނިވާކަން ކުޑަކޮށްކަން މި ގައުމުގައި ހޭބުއްދި ހުރި ކޮންމެ މީހަކު ގަބޫލުކުރޭ" ޝައިޚް ބުނެފައިވެއެވެ.
ޝައިޚް އިތުރަށް ބުނެފައިވަނީ އެންމެ ގާތްގޮތަކީ، އެއްވެސް އެއްޗެއް ނުލައި ތިބެ މުބާރާތް ބޭއްވުމަށް ނުވަތަ އަލަމްގިރި މުބާރާތެއް އީޖާދުކުރަން އެމްޑީޕީއިން ވޯޓުދިނުން ކަމަށާއި އެމީހުންގެ ވެރިކަމުގައި ކަން ހިނގީ އެ މަގުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް