ބިޕާޝާ ވެސް މިވަގުތު ހުރީ ރާއްޖޭގައި

ބޮލީވުޑް ބަތޮލާ ބިޕާޝާ ބާސޫ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންއެބަގެންދެއެވެ. ބިޕާޝާގެ އިންސްޓްރާމް އެކައުންޓަށް އަޕްލޯޑްކޮށްފައިވާ ޕޯސްޓްތަކުން އެނގޭގޮތުގައި އޭނާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ބޮލިފުށީގައ...

10 Nov 2024 | 10:32

ބޮލީވުޑް ބަތޮލާ ބިޕާޝާ ބާސޫ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންއެބަގެންދެއެވެ.

ބިޕާޝާގެ އިންސްޓްރާމް އެކައުންޓަށް އަޕްލޯޑްކޮށްފައިވާ ޕޯސްޓްތަކުން އެނގޭގޮތުގައި އޭނާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ބޮލިފުށީގައެވެ.

ބިޕާޝާ ރާއްޖެއައިސްފައިވަނީ އޭނާގެ ފިރިމީހާ ކަރަން ސިންގް ގްރޯވަރުގެ އިތުރުން އެ ދެމަފިރިންގެ ދަރިފުޅު ދޭވީވެސް އެ ދެމަފިރިންނާއެކު ރާއްޖެ ގެނެސްފައިވެއެވެ.

2001 ވަނަ އަހަން ފެށިގެން 50 އަށްވުރެ ގިނަ ފިލްމު ކުޅެފައިވާ ބިޕާޝާ އެންމެ ފަހުން ކުޅުނު ފިލްމަކީ 2018 ވަނަ އަހަރު ރިލީޒްކުރި ވެލްކަމް ޓު ނިއުޔޯކް ފިލްމެވެ. ބިޕާޝާ އަކީ ދިވެހިންގެ މެދުގައި މަގްބޫލު ސީއައިޑީ ޑްރާމާ ސީރީޒްގައިވެސް މުހިންމު ރޯލެއް ކުޅެފައިވާ ތަރިއެކެވެ.

ކަރަން ސިންގް ގްރޯވަރަށް ބަލައިލާއިރު ކަރަން ފިލްމީ ދާއިރާއަށް ނިކުތީ 2008 ވަނަ އަހަރުގައެވެ. މިހާތަނަށް ފަސް ފިލްމެއް ކުޅެފައިވާ ކަރަން އެންމެ ފަހުން ކުޅުނު ފިލްމަކީ ފައިޓާއެވެ. ފައިޓާ ފިލްމަކީ ކަރަންގެ އިތުރުން އަނިލް ކަޕޫރާއި ރިތިކް ރޯޝަން އެކްޓްކޮށްފައިވާ ފިލްމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް