ބޮޑީބިލްޑިންގް މުބާރާތް މިހާރުން މިހާރަށް ހުއްޓުވުމަށް ސަރުކާރަށް އަލީ ރަމީޒު ގޮވާލައިފި

ކެނެރީފް ރިސޯޓްގައި މިހާރު ކުރިއަށްދާ "15th Wold Body Building & PhysiqueSports Championship" މިހާރުން މިހާރަށް ހުއްޓުވުމަށް ސަރުކާރަށް އަލީ ރަމީޒް ގޮވާލައިފިއެވެ. ދީނަށް ހޭލުންތެރިކުރުވުމުގެ މަސަ...

10 Nov 2024 | 06:12

ކެނެރީފް ރިސޯޓްގައި މިހާރު ކުރިއަށްދާ "15th Wold Body Building & PhysiqueSports Championship" މިހާރުން މިހާރަށް ހުއްޓުވުމަށް ސަރުކާރަށް އަލީ ރަމީޒް ގޮވާލައިފިއެވެ.

ދީނަށް ހޭލުންތެރިކުރުވުމުގެ މަސައްކަތް ފުޅާދާއިރާއެއްގައި ކުރަމުން އަންނަ އަލީ ރަމީޒު މިކަމަށް ގޮވައިލީ އެކަމާއި ގުޅޭގޮތުން ސޯޝަލް މީޑީއާގައި ކުރި ޕޯސްޓެއްގައެވެ.

އަލީ ރަމީޒްގެ އެ ޕޯސްޓްގައި ބުނެފައިވަނީ ބޮޑީބިލްޑިންގެ ނަމުގައި އައްޑޫ ސިޓީގައި އަންހެނުންނާއި ފިރިހެނުން އޮރިޔާމުން ސްޓޭޖްމަތީ މިވަގުތު ކުރިއަށްގެންދާ ފާހިޝް ނުބައި ހަރަކާތްތައް އިންތިހާއަށް ކުށްވެރިކުރާކަމަށެވެ.

"އެ ހަރަކާތްތައް ހަމަ މިހާރުން މިހާރަށް ހުއްޓުވުމަށް ސަރުކާރަށް ގޮވާލަން" އަލީ ރަމީޒް ބުނެފައިވެއެވެ.

އަލީ ރަމީޒް އިތުރަށް ބުނެފައިވަނީ އެ ލާދީނީ ހަރަކާތް ރާވައިގެން ކުރިއަށްގެންދާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމަށްވެސް ގޮވާލާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް