ކަކުލުގެ އޮޕަރޭޝަނަކާ ގުޅިގެން ގިނަ ދުވަސްތަކަަކަށް ނެވޭސް ކުޅުމާއި ދުރަށް!

ސައުދީ ޕްރޮފެޝަނަލް ލީގުގެ އަލް ހިލާލް އަށް ކުޅެމުން އަންނަ ޕޯޗުގީޒް މިޑްފީލްޑަރު، ރުބެން ނެވޭސްގެ ކަކުލު ހުޅަށް ލިބިފައިވާ އަނިޔާއަކުން ރަނގަޅުވުމަށް ކުރި އޮޕަރޭޝަނަށްފަހު ގިނަ ދުވަސްތަކަކަށް ކުޅުމާއ...

10 Nov 2024 | 04:01

ސައުދީ ޕްރޮފެޝަނަލް ލީގުގެ އަލް ހިލާލް އަށް ކުޅެމުން އަންނަ ޕޯޗުގީޒް މިޑްފީލްޑަރު، ރުބެން ނެވޭސްގެ ކަކުލު ހުޅަށް ލިބިފައިވާ އަނިޔާއަކުން ރަނގަޅުވުމަށް ކުރި އޮޕަރޭޝަނަށްފަހު ގިނަ ދުވަސްތަކަކަށް ކުޅުމާއި ދުރުގައި ހުންނަން ޖެހިއްޖެއެވެ.

ނެވޭސްގެ މި އޮޕަރޭޝަނާއޮ ގިޅުގެން ކުޅުމާއި ދުރުގައި ހުންނަނަ ޖެހުނުއިރު، އޭނާއަށް އެންމެ އަވަހަށް ވެސް ކުޅުމުގެ ތެރެއަށް އެނބުރި އާދެވޭނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގައި ކަމަށް ރިޕޯޓުތައް ބުނެެވެ.

އުމުރުން 27 އަހަރުގެ ނެވޭސް ވަނީ ފިންލެންޑަށް ގޮސް ޕެޓެލާ ޓެންޑަންގެ އޮޕަރޭޝަނެއްކޮށްފައެވެ. މިއާއެކު، ޕޯޗުގަލް އަށް ކުރިއަށް އޮތް ޔުއެފާ ނޭޝަންސް ލީގުގައި ޕޮލެންޑާއި ކްރޮއޭޝިއާ އާ ދެކޮޅަށް ކުޅެން މެޗުތައް އޭނާ އަށް ގެއްލޭނެ އެވެ.

އޭގެފަހުން، މި މަހުގެ ފަހުކޮޅު އޭޝިއަން ޗެމްޕިއަންސް ލީގު އެލީޓްގައި ގަތަރުގެ އަލް-ސާދު އާއި އަލް ގަރާފާއާ ދެކޮޅަށް އޮތް މެޗުތަކުގެ އިތުރުން ޑޮމެސްޓިކް ލީގުގެ ތިން މެޗެއްގައިވެސް ނެވޭސް އަށް ނުކުޅެވޭނެ އެވެ.

މިދިޔަ އަހަރުގެ ޖޫން މަހުގައި އިނގިރޭސި ކްލަބު ވުލްވްސް އިން އަލް ހިލާލް އަށް ބަދަލުވިފަހުން ނެވޭސް ވަނީ 59 މެޗު އެ ޓީމަށް ކުޅެދީފައެވެ. އެ ޓީމުން އެންމެ ފަހުގެ ލީގު ޗެމްޕިއަންކަން ހޯދިއިރު އޭނާ ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

މި ފަހަރުގެ ސީޒަނުގެ ލީގުގެ އެއްވަނައިގައި އަލް ހިލާލް އޮތްއިރު، އޭޝިއަން ޗެމްޕިއަންސް ލީގު އެލީޓްގެ ހުޅަނގު އޭޝިއާ ސެކްޝަންގައި މިހާތަނަށް ކުޅުނު މެޗުތަކަށްފަހު އެންމެ ކުރީގައި އުޅެނީ ވެސް އެ ޓީމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް