ރާއްޖެ ޒިޔާރަތްކުރާ 18 އަހަރުން މަތީގެ ކޮންމެ ފަތުރުވެރިއަކަށް ޑިއުޓީ ދެއްކުމަކާއި ނުލާ ގިނަވެގެން 200 ސިނގިރޭޓު ނުވަތަ 25 ސުއްޓާ ނުވަތަ 250 ގްރާމްގެ ދުންފަތް ގެނެވޭގޮތަށް އުސޫލު އިސްލާހުކޮށްފިއެވެ.
މިކަން ހިމަނާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެކުލަވާލައި ގެޒެޓުގައި އިއްޔެ ޝާއިޢުކޮށްފައިވާ " ދަތުރުވެރިން ގެންނަ ތަކެއްޗާއި، އަމިއްލަ ފަރާތްތަކުން ކުދިކުދި ބޭނުންތަކަށް ގެންނަ ތަކެއްޗާއި، ވިޔަފާރި ސާމްޕަލްގެ ގޮތުގައި ގެންނަ ތަކެތީން ޑިއުޓީ މާފުކުރުމުގެ އުސޫލު"ގައެވެ.
ގެޒެޓުގައި ޝާއިޢުކުރުމާއެކު މި އުސޫލަށް އަމަލުކުރަން ފެށިފައިވާއިރު ދިވެހިންނާއި ފަތުރުވެރިންވެސް އަމިއްލަ ބޭނުމަށް ގެންނަ ދުންފަތުގެ ބާވަތްތަކުން ޑިއުޓީ ދެއްކުމެއްނެތި ވަކި މިންވަރަކަށް އެތެރެކުރުމުގެ ހުއްދަ ކުރިން ދީފައި އޮވެއެވެ. އެހެންނަމަވެސް މި މަހުން ފެށިގެން އެ ލުއި ދިނުން ސަރުކާރުން ވަނީ ހުއްޓާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް