އިންޑިއާގެ ގުޖުރާތުގައި އާއިލާއަކުން އެ އާއިލާއިން ބޭނުންކުރި ކާރަކަށް އަލްވަދާއު ކިޔުމުގެ ގޮތުން އެ ކާރު ޒީނަތްތެރިކޮށް ވަޅުލައިފިއެވެ.
ގުޖުރާތުގެ އަމްރޭލީ ޑިސްޓްރިކްޓްގެ އެ އާއިލާއަކީ އެ ސަރަހައްދުގައި ކޮންސްޓްރަކްޝަން ވިޔަފާރީގައި މަޝްހޫރު އާއިލާއެކެވެ. އެ އާއިލާއިން ޒީނަތްތެރިކޮށް ވަޅުލާފައިވަނީ މަރޫތީ ސުޒޫކީ ވެގަން-އާރް މަރުކާގެ ހުދުކުލައިގެ ކާރެކެވެ.
އެ އާއިލާއިން ބުނެފައިވަނީ އެ ކާރަކީ އެ އާއިލާއިން ފާއިތުވި 12 އަހަރު ބޭނުންކުރި ކާރެއް ކަމަށާއި އެ އާއިލާއަށް ތަނަވަސްކަން ލިބުމުގައި އެ ކާރުން މުހިންމު ރޯލެއް އަދާކުރިކަމުގައި އެއާއިލާއިން ގަބޫލުކުރާ ކަމަށެވެ. ވިއްކާލުމުގެ ބަދަލުގައި ވަޅުލަން ނިންމީ އެހެންވެކަމަށް ބުނެފައިވެއެވެ.
އެ ކާރު ވަޅުލުމުގެ ރަސްމިއްޔާތަށް އެ އާއިލާއިން ހަތަރު ލައްކައެއްހާ އިންޑިއަން ރުޕީސް ހަރަދުކުރިކަމަށްވެސް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް