ބޮލީވުޑް ބަތޮލާ ބިޕާޝާ ބާސޫ މިއަދު ރާއްޖެ އަތުވެއްޖެއެވެ.
އިންޑިއާ މީޑިއާއިން ރިޕޯޓްކޮށްފައިވާގޮތުގައި ބިޕާޝާ އާއި އޭނާގެ ފިރިމީހާ އަދި ފިލްމީ ތަރި ކަރަން ސިންގް ގްރޯވަރު މިއަދު ރާއްޖެ އައީ އެ ދެމަ ފިރިންގެ ދަރި، ދޭވީ ބާސޫ ސިންގް ގްރޯވަރުވެސް ގޮވައިގެންނެވެ.
ދެމަފިރިން ދަރިފުޅު ގޮވައިގެން ރާއްޖެ އައީ ދަރިފުޅުގެ އުފަންދުވަސް ފާހަގަކުރުމަށްކަމުގައި އިންޑިއާ މީޑިއާއިން ރިޕޯޓްކޮށްފައިވެއެވެ. ބިޕާޝާގެ ދަރިފުޅުގެ އުފަންދުވަހަކީ އަންނަ އާދީއްތަ ދުވަހެވެ. ފުރޭނީ އެއް އަހަރެވެ.
ބިޕާޝާގެ އިންސްޓަގްރާމް ސްޓޯރީން ފެންނަގޮތުގައި ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައީ މިއަދުގެ ހަވީރުގެ ވަގުތެއްގައެވެ. ތިބެނީ ރެޑިސަން ބްލޫ ރިސޯޓް މޯލްޑިވްސްގައެވެ.
2001 ވަނަ އަހަރު "އަޖްނަބީ" ފިލްމުން ފިލްމީ ކެރިއަރު ފެށި ބިޕާޝާ އެންމެ ފަހުން ފިލްމެއް ކުޅެފައިވަނީ 2018 ވަނަ އަހަރުގައެވެ. އެއީ "ވެލްކަމް ޓު ނިއުޔޯކް" ފިލްމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް