ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2023 ގެ ވަނަތަކަށް ދިޔަ ފަރާތްތަކަށް އިނާމު ހަވާލުކޮށްފި

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2023ގެ ވަނަތަކަށް ދިޔަ ފަރާތްތަކަށް އިނާމު ހަވާލުކޮށްފިއެވެ. އެ ފަރާތްތަކަށް އިނާމު ހަވާލުކޮށްފައިވަނީ ރޭ ދިރާގު ހެޑް އޮފީހުގައި ބޭއްވި ޚާއްސަ ހަފްލާއެއްގައެވެ. އަދި އަދި މ...

10 Nov 2023 | 15:18

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2023ގެ ވަނަތަކަށް ދިޔަ ފަރާތްތަކަށް އިނާމު ހަވާލުކޮށްފިއެވެ.

އެ ފަރާތްތަކަށް އިނާމު ހަވާލުކޮށްފައިވަނީ ރޭ ދިރާގު ހެޑް އޮފީހުގައި ބޭއްވި ޚާއްސަ ހަފްލާއެއްގައެވެ. އަދި އަދި މި ހަފްލާގައި ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2023 ކާމިޔާބު އިވެންޓަކަށް ހެދުމަށް އެހީތެރިކަން ފޯރުކޮށްދިން ވޮލަންޓިއަރުންނާ ޕޭސާރސްގެ އަގުވަޒަންވެސް ކުރިއެވެ.

މިއަހަރުގެ އިވެންޓްގައި ރަންވަނަތައް ހާސިލްކުރި 31 ފަރާތަކަށް ޖުމްލަ 39 އެވޯޑް ހަވާލުކޮށްފާވާއިރު އޭގެ ތެރޭގައި ހާފް މެރެތަން، 5K އަދި 10K އޯޕަން، 5K ސްކޫލް – 13 އަހަރުން މަތީގެ އަދި 5K - ސްކޫލް 13 އަހަރުން ދަށުގެ ކެޓެގަރީ ހިމެނެއެވެ. ވަނަ ވަނަ ހާސިލް ކުރި އެތުލީޓުންގެ ތެރޭގައި ރާއްޖޭގެ 14 ދުވުންތެރިންނާއި ބައިނަލްއަގުވާމީ 5 ދުވުންތެރިންގެ އިތުރުން 12 ސްކޫލް ކުދިން ހިމެނެއެވެ.

ހާފް މެރެތަންގެ ޗެމްޕިއަންއަށް 25,000 ރުފިޔާގެ ފައިސާގެ އިނާމު ދިރާގުން ހަދިޔާކޮށްފައިވާއިރު ރަނަރަޕް އަށް 15,000 ރުފިޔާ އަދި ސެކަންޑް ރަނަރަޕް އަށް 10,000 ރުފިޔާގެ އިނާމު ވަނީ ދީފައެވެ. އަދި 10K އާއި 5K  އޯޕަން ކެޓެގަރީގެ ޗެމްޕިއަނުންނަށް 10,000 ރުފިޔާ، ރަނަރަޕް އަށް 8,000 ރުފިޔާ އަދި ސެކަންޑް ރަނަރަޕްއަށް 6,000 ރުފިޔާގެ ފައިސާގެ އިނާމުވެސް ވަނީ ހަވާލުކޮށްފައެވެ. މީގެ އިތުރުން 5K ސްކޫލް ކެޓެގަރީގެ ވަނަތައް ހާސިލްކުރި ދަރިވަރުންނަށް ވަނީ ގިފްޓް ވައުޗަރ ހަވާލުކޮށްފައެވެ. އެއީ ޗެމްޕިއަނުންނަށް 5,000 ރުފިޔާ، ރަނަރަޕްއަށް 3,000 ރުފިޔާ އަދި ސެކްންޑް ރަނަރަޕް އަށް 1,000 ރުފިޔާގެ ވައުޗަރުތަކެވެ. އެގޮތުން ދިރާގުން ވަނީ ޖުމްލަ ގޮތެއްގައި އޯވަރޯލް އަދި ލޯކަލް ކެޓެގަރީގެ ވަނަ ވަނަ ހާސިލްކުރި ފަރާތްތަކަށް 400,000 އެއްހާ ރުފިޔާގެ އަގުހުރި އިނާމު ހަވާލުކޮށްފައެވެ.

މި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ދިރާގުގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ރަޝީދު ވަނީ ރޭހުގެ ވަނަތައް ޚާސިލްކުރި ދުވުންތެރިންނަށް ހޫނު މަރުހަބާއެއް ދަންނަވާ، އެފަރާތްތަކުން ހޯދި ކާމިޔާބީގެ އަގުވަޒަންކޮށްފައެވެ. ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ހަމައެކަނި ޤައުމީ އަދި ބައިނަލްއަޤްވާމީ ދުވުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ހަރަކާތެއް އިތުރުން، މިދުވުމުގައި ބައިވެރިވާ ކޮންމެ ދުވުންތެރިއެއްގެ ފިޔަވަޅަކީވެސް ކުޑަކުދިންގެ ރައްކާތެރިކަމަށް އެޅޭ ފިޔަވަޅެއްކަން ފާހަގަކުރެއްވިއެވެ.

ދިރާގުން ވަނީ ރޭގެ ހަފްލާގައި ޖުމްލަ 635,000 ރުފިޔާ ރޯޑް ރޭހުގެ އެންޑޯސްޑް އެން.ޖީ.އޯތަކަށް ހަދިޔާކޮށްފައެވެ. އެގޮތުން ރޭހުގެ ބައިވެރިން އެންމެ ގިނައިން ނޮމިނޭޓްކުރި ފަސް އެން.ޖީ.އޯއަކަށް ޖުމްލަ 200،000 ރުފިޔާގެ ފައިސާގެ އިނާމު ދިރާގުން ވަނީ ހުށަހަޅާފައެވެ. އަދި ބައިވެރިންގެ ރަޖިސްޓްރޭޝަން ފައިސާގެ ބަޔަކާއި ރީތި ބިބް ނަމްބަރު ވިއްކައިގެން ލިބުނު ފައިސާވަނީ ވަނީ ރޯޑް ރޭހުގެ އެންޑޯސްޑް 12 އެން.ޖީ.އޯއަށް ހަވާލުކޮށްފައެވެ. މިގޮތުން ޓޮޕް 5 އެން.ޖީ.އޯތަކުގެ ތެރެއިން ކޮންމެ އެން.ޖީ.އޯއަކަށް 76،250 ރުފިޔާ އަދި ބާކީ 7 އެން.ޖީ.އޯތަކުގެ ތެރެއިން ކޮންމެ އެން.ޖީ.އޯއަކަށް 36،250 ރުފިޔާ ވަނީ ހަދިޔާކޮށްފައިވެއެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ރާއްޖޭގައި ކޮންމެ އަހަރަކު ބާއްވާ އެންމެ ބޮޑު ދުވުމުގެ އިވެންޓެވެ. އެގޮތުން މިއަހަރުވެސް 4000 އަށް ވުރި ގިނަ ބައިވެރިން ރެޖިސްޓރ ކުރިއިރު 27 ގައުމެއްގެ ދުވުންތެރިން ބައިވެރިވިއެވެ. އަދި 31 ސްކޫލެއްގެ ދަރިވަރުންވެސް ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި އަތޮޅުތެރޭގެ 7 ސްކޫލެއްވެސް ހިމެނެއެވެ.

މި ހަފްލާގައި ދިރާގުން ވަނީ އަންނަ އަހަރުގެ ދިރާގު މޯލްޑިވްސް ރޯޑް ރޭސް 25 އޮކްޓޫބަރު 2024 ގައި ބާއްވާނެކަމަށްވެސް އިއުލާނުކޮށްފައެވެ.

މިއަހަރުގެ ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ އިނާމު ލިބުނު ފަރާތްތަކަކީ:

ހާފް މެރެތަން – ފިރިހެން

  • ކިރަން ސިންގް ބޮގާޓީ ރާޖްވަރް (ނޭޕާލް) - އޯވަރޯލް ޗެމްޕިއަން
  • ޔޫސުފް އިބްރާހިމް - ލޯކަލް ޗެމްޕިއަން އަދި އޯވަރޯލް ރަނަރަޕް
  • ޗާލްސް ކިޕްކޯރިރް ކިޕްސަންގް (ކެންޔާ) - އޯވަރޯލް ސެކަންޑް ރަނަރަޕް
  • ހުސައިން ފަޒީލް ހާރޫން – ލޯކަލް ރަނަރަޕް
  • ޝިފާޒް މުހައްމަދު - ލޯކަލް ސެކަންޑް ރަނަރަޕް

ހާފް މެރެތަން – އަންހެން

  • ޕެނީނާ ޖެޕްކޮއެޗް ކިގެން (ކެންޔާ) -  އޯވަރޯލް ޗެމްޕިއަން
  • ފުލްމަތީ ރަނާ (ނޭޕާލް) – އޯވަރޯލް ރަނަރަޕް
  • މަރިޔަމް އަބްދުލްކަރީމް - ލޯކަލް ޗެމްޕިއަން އަދި އޯވަރޯލް ސެކަންޑް ރަނަރަޕް
  • އައިޝަތު ރިޝްމީ – ލޯކަލް ރަނަރަޕް
  • މަރިޔަމް މާޔަން މުހައްމަދު – ލޯކަލް ސެކަންޑް ރަނަރަޕް

10K– ފިރިހެން

  • ޑޭވިޑް ކިޕްކޮޗް ބިރިރް (ކެންޔާ) – އޯވަރޯލް ޗެމްޕިއަން
  • ހުސައިން ރިޒާ -  ލޯކަލް ޗެމްޕިއަން އަދި އޯވަރޯލް ރަނަރަޕް
  • މުހައްމަދު ފަވާޒް –  ލޯކަލް ރަނަރަޕް އަދި އޯވަރޯލް ސެކަންޑް ރަނަރަޕް
  • ރިޒާން ރަޝީދު – ލޯކަލް ސެކަންޑް ރަނަރަޕް

10K – އަންހެން

  • ޝަލްޝަލް މުބީން ޖަލީލް – އޯވަރޯލް ޗެމްޕިއަން
  • ރަސޯނާ އަހުމަދު ވަހީދު - އޯވަރޯލް ރަނަރަޕް
  • އަނާން އަހުމަދު ރަޝީދު - އޯވަރޯލް  ސެކަންޑް ރަނަރަޕް

5K އޯޕަން – ފިރިހެން

  • ޑޭވިޑް ކިޕްކޮޗް ބިރިރް (ކެންޔާ) - އޯވަރޯލް ޗެމްޕިއަން
  • ކިރަން ސިންގް ބޮގާޓީ ރާޖްވަރް (ނޭޕާލް) - އޯވަރޯލް ރަނަރަޕް
  • ހުސައިން ފަޒީލް ހާރޫން –  ލޯކަލް ޗެމްޕިއަން އަދި އޯވަރޯލް ސެކަންޑް ރަނަރަޕް
  • ހުސައިން ރިޒާ – ލޯކަލް ރަނަރަޕް
  • ޔޫސުފް އިބްރާހިމް – ލޯކަލް ސެކަންޑް ރަނަރަޕް

5K އޯޕަން – އަންހެން

• ޕެނީނާ ޖެޕްކޮއެޗް ކިގެން (ކެންޔާ) - އޯވަރޯލް ޗެމްޕިއަން

• ޕުލްމަތީ ރަނާ (ނޭޕާލް) - އޯވަރޯލް ރަނަރަޕް

• މަރިޔަމް އަބްދުލްކަރީމް -  ލޯކަލް ޗެމްޕިއަން އަދި އޯވަރޯލް ސެކަންޑް ރަނަރަޕް

• ނިޒްމީނާ އަހުމަދު – ލޯކަލް ރަނަރަޕް

• އާމިނަތު ޖައިޝާ ޖުނީޒް –  ލޯކަލް ސެކަންޑް ރަނަރަޕް

5K ސްކޫލް 13 އަހަރުން މަތީގެ - ފިރިހެން

• އަބްސަލް އަބްދުالله އާދަމް - މަޖީދިއްޔާ ސްކޫލް - ޗެމްޕިއަން

• ސުހައިލް އަބްދުލް ސަމަދު - އިރުޝާދިއްޔާ ސްކޫލް - ރަނަރަޕް

• މުހައްމަދު އަޔާން ޝަފީއު - މަޖީދިއްޔާ ސްކޫލް - ސެކަންޑް ރަނަރަޕް

5K ސްކޫލް 13 އަހަރުން މަތީގެ - އަންހެން

• އާމިނަތު ލުމާ އަސްލަމް - ޤިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް  - ޗެމްޕިއަން

• އައިޝަތު ބިންތު އަހުމަދު - އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް  - ރަނަރަޕް (ނެޓް ޓައިމް)

• ތަނާ އަލީ ޝާހީން - ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލް - ރަނަރަޕް (ގަން ޓައިމް)

5K ސްކޫލް 13 އަހަރުން ދަށުގެ - ފިރިހެން

• އިސްމާއިލް މުލްހަމް އާޒިމް - އިމާދުއްދީން ސްކޫލް - ޗެމްޕިއަން

• ޔުއާން އަޚްތަރު ޒާހިރް - ޤިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް - ރަނަރަޕް

• ޔަހްމަދު ބިން އަފްރާހު - ރެހެންދި ސްކޫލް - ސެކަންޑް ރަނަރަޕް

5K ސްކޫލް 13 އަހަރުން ދަށުގެ - އަންހެން

• މަރިޔަމް ޒައިން ޒިޔާއު - ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލް - އޯވަރޯލް ޗެމްޕިއަން (ނެޓް ޓައިމް)

• ކްލާރާ ސަރީނާ އާސިފް - ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލް  - ޗެމްޕިއަން (ގަން ޓައިމް)

• އައިޝަތު މަލީކާ ޒަމީރު – އިސްކަންދަރު ސްކޫލް - ރަނަރަޕް

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް