ކޮބާ ކޮން ޖީލެއް !

މިއަދު ސޯޝަލް މީޑިއާއިން ފެންނަނީ މުޅިންވެސް ޖީލުތަކުގެ ވާހަކައެވެ. ހާއްސަގޮތެއްގައި ފޭސްބުކްގެ ފީޑުން މިއަދު އެ ނޫން ޒާތެއްގެ ސްޓޭޓަސް އެއް ނުފެނެއޭ ބުނުންވެސް ދޮގަކަށް ނުވާނެއެވެ. ޖީލާއި ގުޅުވައި އެ...

10 Nov 2023 | 09:10

މިއަދު ސޯޝަލް މީޑިއާއިން ފެންނަނީ މުޅިންވެސް ޖީލުތަކުގެ ވާހަކައެވެ. ހާއްސަގޮތެއްގައި ފޭސްބުކްގެ ފީޑުން މިއަދު އެ ނޫން ޒާތެއްގެ ސްޓޭޓަސް އެއް ނުފެނެއޭ ބުނުންވެސް ދޮގަކަށް ނުވާނެއެވެ.

ޖީލާއި ގުޅުވައި އެތައް މަޖާ ސްޓޭޓަސް ތަކާއި ކުރީގެ ހަނދާންތައް އާކުރުވާ އެތައް ޕޯސްޓްތަކެއް މިއަދު ފެންނަމުން އެބަ ދެއެވެ.

މި ޕޯސްޓްތަކުން ބައެއް ޕޯސްޓްތަކަށް ބަލާލާއިރު އެކަކު ބުނަނީ "އަހަރުންމީ ބައިންދާ އަލިބެ ލައްވާ ނަކީގަ ލެއްވި ކުދިންގާތު ބޮޑުފަންކާ ދަމަން ތިބި ޖީލު...." ކަމަށެވެ. އަނެކަކު ބުނަނީ " އަހަރެމެންނަކީ ވަޅުދިޔަ ހިއްކަން ވަޅަށް އެރުނު މީހުން، ވަޅުގަ ހުރި ރީތި މަސްކޮޅު އަނގަޔަށް އަޅައިގެން ބެޗި ޖީލުގެ މީހުން." ކަމަށެވެ.

ދިވެހިންނަށް ކުއްލިއަކަށް ފާއިތުވި ހަފްތާއެއްހާ ދުވަހުން ފެށިގެން މިވަނީ ޖީލު މޫސުމެއް އައިސްފައެވެ. ސޯޝަލް މީޑިއާއިން ފެންނަން ހުރި އިތުރު ބައެއް ޕޯސްޓްތައް ހިމަނާލާނަމެވެ.

ކޮންމެއަކަސް މިއީ ޖީލު ޕޯސްޓްތަކުން މަދު މިންވަރެކެވެ. އިތުރަށް ޖީލު ޕޯސްޓް ކިޔާލަން ބޭނުން ނަމަ ފޭސްބުކްގައި "ޖީލު" ޓައިޕްކޮށްލުމަށްފަހު "ރީސެންޓް ޕޯސްޓްސް" އަށް ފިލްޓާކޮށްލުމުން ހީހީ ބަނޑަށް ގޮށް އަރާވަރަށް ޖީލު ޕޯސްޓްތައް ފެންނާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް