ބިދޭސިން ތިބި ފަންގިފިލާ ކުއްޔަން ހިފާފައިވަނީ ފުލުހެއް ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

ރޭ އަލިފާނުގެ ހާދިސާ ހިނގި މ. ނިރުފެހީގައި ބިދޭސީން އުޅުނު ފަންގިފިލާ ކުއްޔަށް ހިފާފައިވަނީ ފުލުހެއް ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި އެވެ. ރޭ ހިނގި އަލިފާނުގެ ހާދިސާގައި10 ބިދޭސީން މަރުވެފައިވެ އެވެ. އެ...

10 Nov 2022 | 18:46

ރޭ އަލިފާނުގެ ހާދިސާ ހިނގި މ. ނިރުފެހީގައި ބިދޭސީން އުޅުނު ފަންގިފިލާ ކުއްޔަށް ހިފާފައިވަނީ ފުލުހެއް ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި އެވެ.

ރޭ ހިނގި އަލިފާނުގެ ހާދިސާގައި10 ބިދޭސީން މަރުވެފައިވެ އެވެ. އެއީ ނުވަ އިންޑިއާ މީހުންނާއި ބަންގްލަދޭޝް މީހެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ އެތަން ހިފައި ބިދޭސީންނަށް ކުއްޔަށް ދިނީ ފުލުހެއް ކަމަށް ބުނެ ދެކެވޭ ވާހަކައިގަ އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ. އަދި އެ ގެ ކުއްޔަށް ހިފުމުގައި ފުލުހެއްގެ ބައިވެރިވުން ނެތްކަން ޔަގީންކޮށްދޭ ކަަމށް ވިދާޅުވި އެވެ.

ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އެ ފަންގިފިލާ ބިދޭސީންނަށް ކުއްޔަށް ދެނީވެސް އެ ފުލުސް މީހާކަމަށެވެ.

އެ ފަންގިފިލާގައި ގާތްގަނޑަކަށް28 ކޮޓަރި ހުރި އިރު ކޮންމެ ކޮޓަރިއެއްގައި ގިނަ އެނދުތަކެއް ވަހައްޓާފައި ހުއްޓެވެ. އަދި ކުއްޔަށް ކޮންމެ ބިދޭސީއަކު އެނދު ކައިރީގައި ގޭސްފުޅި ބަހައްޓާފައި ހުރި ކަމަށް އެމްއެންޑީއެފުން މައުލޫމާތުދީފައިވެ އެވެ.

އެ އިދާރާއިން ބުނީ ރޭ އަލިފާނުގެ ހާދިސާ ކޮންޓްރޯލް ކުރަން އުނދަގޫވީވެސް އެ ގޭސްފުޅިތައް ގޮވުމުގެ ސަބަބުން ކަމަށް ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް