މާލޭގައި އަލިފާނުގެ އިތުރު ހާދިސާއެއް، ހާދިސާ ކުޑަޔަސް ސަލާމަތީ ހިދުމަތްތަކުން ނެގީ ބޮޑުކޮށް

ހެންވޭރު ގެއެއްގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުއިން ނިއްވާލައިފި އެވެ. އެ ހާދިސާގެ ރިޕޯޓު ސިފައިންނަށް ކުރީ މިރޭ 9:23 ގައި އެވެ. ހ. ޝާޒްގައި މި ހާދިސާ ހިނގުމާއި އެކު އެމްޑީއ...

10 Nov 2022 | 18:22

ހެންވޭރު ގެއެއްގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުއިން ނިއްވާލައިފި އެވެ.

އެ ހާދިސާގެ ރިޕޯޓު ސިފައިންނަށް ކުރީ މިރޭ 9:23 ގައި އެވެ.

ހ. ޝާޒްގައި މި ހާދިސާ ހިނގުމާއި އެކު އެމްޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްއިން ވަނީ އެ ސަރަހައްދަށް ގޮސްފައި އެވެ. އެންމެ ބޮޑު ސަމާލުކަމެއް މިރޭ ހުއްޓުނީ އަލިފާން ނިވަން ގެންދިޔަ އާލާތްތަކެވެ.

މިރޭގެ ހާދިސާއަށް އަލިފާން ނިއްވާ ކުޑަ ލޮރީއާއެކު ބޮޑު ދެ ލޮރީ ވަގުތުން އެޓެންޑްވި ކަން ފާހަގަ ކުރެވުނެވެ. އަދި އަލިފާންގަނޑު ވަނީ 20ށް މިނެޓު ތެރޭގައި ނިއްވާލާފައި އެވެ.

މި ހާދިސާ ހިނގީ އެގޭ އެންމެ ތިރީ ފަންގިފިލާގައި ހުރި ކުނި ތަކެއްގައި އަލިފާން ރޯވެގެންނެވެ. އެމްއެންޑީއެފުން ބުނީ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށެވެ.

އަލިފާން ނިވަން ކުޑަ ލޮރީ އަކާއި އެކު ބޮޑު ދެ ރޮލީ ގޮސްފައި މިވަނީ ރޭ ހިނގި އަލިފާޏުގެ ހާދިސާއަށް ފަޔާ އެންޑް ރެސްކިއުއިން ފުރަތަމަ ކުޑަ ލޮރީ އެކަނި ފޮނުވި ކަމަށް ބުނެ ވާހަކަ ދައްކާފައި ވަނިކޮށެވެ. ރޭގައި ބޮޑު ދެ ލޮރީ ފޮނުވީ ފަހުން ކަމަށްވެ އެވެ.

ރޭެ އަލިފާނުގެ ހާދިސާގައި10 މީހުން މަރުވެފައިވެ އެވެ. އެއީ ނުވަ އިންޑިއާ މީހުންނާއި ބަންގްލަދޭޝްގެ އެކަކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް