ވޯލްޑް ކަޕް 2022: ސަންޗޯ އާއި އަބުރަހަމް ބާކީ ކޮށް އިންގްލެންޑުގެ ފައިނަލް ސްކޮޑު އިއުލާން ކޮށްފި

މި މަހުގެ 20 ވަނަ ދުވަހު ގަތަރުގައި ފަށާ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތަށް ކަމުގައިވާ "ފީފާ ވޯލްޑް ކަޕް 2022" އަށް ދާ އިންގްލެންޑް ގައުމީ ޓީމުގެ ފައިނަލް ސްކޮޑު އިއުލާން ކޮށްފިއެވެ. ތަރިން ގިނަ...

10 Nov 2022 | 17:33

މި މަހުގެ 20 ވަނަ ދުވަހު ގަތަރުގައި ފަށާ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތަށް ކަމުގައިވާ "ފީފާ ވޯލްޑް ކަޕް 2022" އަށް ދާ އިންގްލެންޑް ގައުމީ ޓީމުގެ ފައިނަލް ސްކޮޑު އިއުލާން ކޮށްފިއެވެ.

ތަރިން ގިނަ އިންގްލެންޑް ގެ 26 ކުޅުންތެރިންގެ ފައިނަލް ސްކޮޑު މިއަދު އިއުލާނު ކުރިއިރު، ބައެއް މުހިންމު ކުޅުންތެރިންނަށް ވަނީ ފުރުސަތު ގެއްލިފައެވެ. އެގޮތުން މިފަހަރުގެ ވޯލްޑް ކަޕަށް ނެގި ސްކޮޑުން ފުރުސަތު ގެއްލުނު ކުޅުންތެރިންގެ ތެރޭގައި އިޓަލީގެ ރޯމާއަށް ކުޅެމުން އަންނަ ފޯވާޑް ޓެމީ އަބްރަހަމް އާއި، މެންޗެސްޓަރ ޔުނައިޓެޑުގެ ވިންގާ ޖޯޑަން ސަންޗޯ އަދި ނޮޓިންހަމް ފޮރެސްޓަށް ކުޅެމުން އަންނަ ޖޯޑަން ހެންޑަސަންގެ އިތުރުން ބްރެންޓްފޯޑް ފޯވާޑް އިވަން ޓޯނޭހިނެއެވެ. މި ކުޅުންތެރިންނަށް ކޯޗު ސައުތްގޭޓް ޓީމުން ފުރުސަތު ލިބިފައި ނުވާއިރު، އަނިޔާގައި މިވަގުތު ތިބި ރީސް ޖޭމްސް އާއި ބެން ޗިލްވެސް ހިމަނާފައެއް ނުވެއެވެ.

ޔުނައިޓެޑުގެ ފުރަތަމަ އެގާރައިގައި ނުހިމެނުމުގެ އިތުރުން ގިނަ މެޗުތަކުގައި ކުޅުމުގެ ފުރުސަތު ވެސް ނުލިބޭ ޑިފެންޑަރ ހެރީ މެގުއާ ސްކޮޑުގައި ހިމަނާފައިވާއިރު، ލެސްޓަރ ސިޓީގެ ޖޭމްސް މެޑިސަން އަދި ލުކް ޝޯއަށް ވަނީ ފުރުސަތު ދީފައެވެ.

އިންގްލެންޑް ސްކޮޑުން ސައުތްގޭޓް އެންމެ ގިނައިން ފުރުސަތު ދީފައިވަނީ މެންޗެސްޓަރ ސިޓީ އަދި މެނެޗެސްޓަރ ޔުނައިޓެޑުގެ ކުޅުންތެރިންނަށެވެ. އެގޮތުން މި ދެ ކުލަބުގެ ތެރެއިން ކޮންމެ ކުލަބަކުން ފަސް ކުޅުންތެރިންނަށް ފުރުސަތު ދީފައިވެއެވެ.

ސައުތްގޭޓް އެކުލަވާލި އިންގްލެންޑް ޓީމުގެ ފައިން 26 ކުޅުންތެރިންގެ ސްކޮޑު

ގޯލްކީޕަރުން: ޖޯޑަން ޕިކްފޯޑް (އެވަޓަން)، ނިކް ޕޯޕް (ނިއުކާސަލް ޔުނައިޓެޑް)، އާރޮން ރަމްސްޑޭލް (އާސެނަލް)

ޑިފެންޑަރުން: ހެރީ މެގުއާ (މެންޗެސްޓަރ ޔުނައިޓެޑް)، ލޫކް ޝޯ (މެންޗެސްޓަރ ޔުނައިޓެޑް)، އެރިކް ޑަޔާ (ޓޮޓެންހަމް)، ޖޯން ސްޓޯންސް (މެންޗެސްޓަރ ސިޓީ)، ކައިލް ވޯކާ (މެންޗެސްޓަރ ސިޓީ)، ކިއެރަން ޓްރިޕިއާ (ނިއުކާސަލް ޔުނައިޓެޑް)، ކޯނާ ކޯޑީ (އެވަޓަން)، ބެން ވައިޓް (އާސެނަލް)، ޓްރެން އެލެގްޒެންޑާ އާނޯލްޑް (ލިވަޕޫލް).

މިޑްފީލްޑަރުން: ޖޯޑަން ހެންޑަސަން (ލިވަޕޫލް). ޖޫޑް ބެލިންގްހަމް (ޑޯޓްމުންޑް)، ޑެކްލަން ރައިސް (ވެސްޓް ހަމް)، ކެލްވިން ޕިލިޕްސް (މެންޗެސްޓަރ ސިޓީ)، ކޯނާ ގަލެގާ (ޗެލްސީ)، މޭސަން މައުންޓް (ޗެލްސީ).

ފޯވާޑުން: ހެރީ ކޭން (ޓޮޓެންހަމް)، ފިލް ފޮޑެން (މެންޗެސްޓަރ ސިޓީ)، ޖޭމްސް މެޑިސަން (ލެސްޓަރ ސިޓީ)، ޖެކް ގްރީލިޝް (މެންޗެސްޓަރ ސިޓީ)، ބުކާޔޯ ސަކާ (އާސެނަލް)، ރަހީމް ސްޓާލިން (ޗެލްސީ)، މާކަސް ރަޝްފޯޑް (މެންޗެސްޓަރ ޔުނައިޓެޑް).

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް