ކޯޓުން ވަކި ގޮތެއް އަންގަންދެން ދިރާގު ޓީވީ ކުރިއަށް ގެންދަން އަމުރުކޮށްފި

ހަމައެކަނި 100% ދިވެހި ކުންފުނިތަކަށް ރީބްރޯޑްކާސްޓިން ލައިސެންސް ދޫކުރާ ގޮތަށް ބްރޯޑްކާސްޓިންގް ކޮމިޝަން އޮފް މޯލްޑިވްސް (ބްރޯޑްކޮމް) އިން ގެނައި އިސްލާހާ ގުޅިގެން ދިރާގުން ސިވިލް ކޯޓަށް ހުށަހެޅި މައ...

10 Nov 2022 | 17:30

ހަމައެކަނި 100% ދިވެހި ކުންފުނިތަކަށް ރީބްރޯޑްކާސްޓިން ލައިސެންސް ދޫކުރާ ގޮތަށް ބްރޯޑްކާސްޓިންގް ކޮމިޝަން އޮފް މޯލްޑިވްސް (ބްރޯޑްކޮމް) އިން ގެނައި އިސްލާހާ ގުޅިގެން ދިރާގުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެ ކޯޓުން ވަކި ގޮތެއް އަންގަން ދެން ދިރާގު ޓީވީގެ ޚިދުމަތް މެދުކަނޑާ ނުލުމަށް ކޯޓުން މިއަދު އަމުރު ކޮށްފިއެވެ.

މިއަހަރުގެ ޖެނުއަރީ މަހު ބްރޯޑްކޮމް އިން ގެނައި އިސްލާހުގައި ބުނެފައިވަނީ، ރީބްރޯޑްކާސްޓު ކުރުމުގެ ހުއްދަ ލިބޭނީ ހަމައެކަނި 100% ދިވެހި ކުންފުނިތަކަށް ކަމަށެވެ. ދިރާގަކީ ބަހްރެއިން ބަޓެލްކޯގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށް ވާތީ، ބްރޯޑްކޮމްގެ މި އިސްލާހާ ގުޅިގެން އެ ކުންފުންޏަށް ރީބްރޯޑްކާސްޓު ކުރުމުގެ ލައިސެންސެއް ނުލިބެއެވެ.

ދިރާގުން އެ ލައިސެންސް އައު ކުރުމަށް މިދިޔަ ޖުލައި މަހު ހުށަހެޅުމުން ބްރޯޑްކޮމް އިން ވަނީ، ގެނެސްފައިވާ އިސްލާހާ ގުޅިގެން އެ ލައިސެންސް އައު ކޮށްދެވެން ނެތް ކަމަށް ބުނެފައެވެ.

ބްރޯޑްކޮމްގެ އެ ނިންމުމާ ދެކޮޅަށް ދިރާގުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅައި، އެ މައްސަލައިގައި ކޯޓުން ވަކި ގޮތަކަށް ހުކުމް ކުރަން ދެން އެ ކުންފުންޏަށް ދޫކޮށްފައިވާ ލައިސަންސްގެ ދަށުން ލިބިދޭ ރީބްރޯޑްކާސްޓްކުރުމުގެ ހުއްދަ ދެމިއޮންނާނެ ކަމަށް ކަނޑައަޅައިދިނުމަށް އެދިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް