ގިނަ އަދަދެއްގެ ފިރިހެނުންނާއެކު އެއް ޖިންސުން ގުޅުން ހިންގި، ބަންގްލަދޭޝްގެ ރައްޔިތެއްކަމުގައިވާ އެމްޑީ އަލަމްގީރުގެ މައްޗަށް އިތުރު ދައުވާތަކެއް ސާބިތުވެ އިތުރު ނުވަ މަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.
މިއަދު އަލަމްގީރުގެ މައްޗަށް ސާބިތުވެއްޖެކަމަށް ހުކުމްކުރީ ހަ ދައުވާއެކެވެ.
އަލަމްގީރުގެ މައްޗަށް އިތުރު ޖަލު ހުކުމެއް މިއަދު އިއްވާފައިވާއިރު ސެޕްޓެމްބަރުގައި އޭނާގެ މައްޗަށް މި މައްސަލައާއި ގުޅޭ 40 ދައުވާއެއް ސާބިތުވެ ދެ އަހަރުގެ ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވެއެވެ. އަދި އޭގެ އިތުރުން ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވެއެވެ.
އަލަމްގީރަށް އިތުރު ހުކުމެއް އިއްވާފައިވާއިރު އަލަމްގީރާއެކު އެއް ޖިންސުން ގުޅުން ހިންގި، ނާޒިމް ސައްތާރަށް ތިން މަހުގެ ގޭ ބަންދު ހުކުމެއް އަދި އަބްދުއްރަހްމާން ރަފީއުގެ މައްޗަށް އެއް އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ނަޝީދަށްވެސް ވަނީ ދައުވާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް