އަލިފާނުގެ ހާދިސާ: ވެހިކަލްތަކަށް ނުވަދެވޭހެން ބައެއް މަގުތައް ބަންދު ކޮށްފި

އިސްކަންދަރު މަގުގައި ހުންނަ މ. ނިރުފެހި ގޭގައި ރޯވެ ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، ބައެއް މަގަތަކަށް ނުވަދެވޭހެން ބަންދު ކޮށްފިއެވެ. މަގު ޗާޓެއް ހިއްސާ ކުރައްވަމުން ފުލުހުން ވިދާޅުވީ...

10 Nov 2022 | 13:09

އިސްކަންދަރު މަގުގައި ހުންނަ މ. ނިރުފެހި ގޭގައި ރޯވެ ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، ބައެއް މަގަތަކަށް ނުވަދެވޭހެން ބަންދު ކޮށްފިއެވެ.

މަގު ޗާޓެއް ހިއްސާ ކުރައްވަމުން ފުލުހުން ވިދާޅުވީ މ. ނިރުފެހި ގޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކަމާ ގުޅުންހުރި އިދާރާތަކުން ބަލަންޖެހޭ ކަންކަން ބަލައި ނިމެންދެން ޗާޓުގައި ފާހަގަކޮށްފައިވާ މަގުތައް އެއްގަމު އުޅަނދުތަކަށް ބަންދުވާނެ ކަމަށެވެ.

ފުލުހުން ބަޔާން ކުރައްވާފައިވާ ގޮތުގައި އެއްގަމު އުޅަނދުފަހަރު ވަނުން މަނާ ސަރަހައްދުގެ ގޮތުގައި ފާހަގަ ކޮށްފައިވަނީ، އިސްކަންދަރު މަގާއި ރިޔާސީ މަގުގެ ސަރަހައްދެވެ. އަދި ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ވަނުން މަނާ ސަރަހައްދުގެ ގޮތުގައި ވަނީ ޖަވާހިރުމަގުގެ ސަރަހައްދެއް ފާހަގަކޮށްފައެވެ.

ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި މިހާތަނަށް 10 މީހަކު ނިޔާވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވާފައިވެއެވެ. އޭގެ ތެރެއިން ބައެއް މީހުންގެ ތެރެއިން މައުލޫމާތު އަދި ޔަގީން ކުރެވިފައި ނުވޭ ކަމަށާއި އެ ހާދިސާގެ ތަހުގީގު ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް