ރެއިން ފެށިގެން މާލެއިން ހަބަރެއް ނުވާ ބިދޭސީންގެ މައުލޫމާތު ހިއްސާކުރަން އެދިއްޖެ

ރެއިން ފެށިގެން ހަބަރެއް ނުވާ ބބިދޭސީންގެ މައުލޫމާތު ފުލުހުންނާއި ހިއްސާ ކުރަން އެދިއްޖެ އެވެ. މި މައުލޫމާތު އާންމު ކުރަން އެދިފައި މިވަނީ މ. ނިރުފެހީގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި10 ބިދޭސީން މަރ...

10 Nov 2022 | 09:06

ރެއިން ފެށިގެން ހަބަރެއް ނުވާ ބބިދޭސީންގެ މައުލޫމާތު ފުލުހުންނާއި ހިއްސާ ކުރަން އެދިއްޖެ އެވެ.

މި މައުލޫމާތު އާންމު ކުރަން އެދިފައި މިވަނީ މ. ނިރުފެހީގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި10 ބިދޭސީން މަރުވެފައިވަނިކޮށެވެ. މި ހާދިސާ ހިނގި ގެއަކީ ބިދޭސީންނަށް ކުއްޔަށް ދޫކުރާ ގެއެއް ކަމަށްވެ އެވެ.

ފުލުހުން ބުނީ ރޭ  ނިރުފެހި ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންނާއި ފަރުވާދެމުންދާ މީހުންގެ މައުލޫމާތު ދެނެގަތުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ. މިހާތަނަށް އިމާރާތުގެ ތެރެއިން ފެނުނު މަރުވެފައިވާ ބައެއް މީހުންގެ ހަށިތައް ވަނީ ޖިންސު ނޭނގޭވަރަށް އަނދާފައި އެވެ.

އެހެންކަމުން، ނިރުފެހި އަދި މ. ސެންޑް ރޯސް ގައި ދިރިއުޅޭ މީހުންގެ މައުލޫމާތާއި އެ ގޭގެއަށް ރޭ ގޮސްފައިވާކަމަށް ބެލެވޭ މީހުންގެ މައުލޫމާތު ފުލުހުންނާއި ހިއްސާ ކުރުމަށް އެދިފައިވެ އެވެ. އަދި މާލޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން ރެއިން ފެށިގެން ހަބަރެއް ވެފައި ނުވާ ބިދޭސީންގެ ފުލުހުންގެ މައުލޫމާތު ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓާއި ހިއްސާ ކުރުމަށް އެދިފައިވެ އެވެ.

މި މައުލޫމަތު ހިއްސާ ކުރުމަށް ގުޅަން ޖެހެނީ 9911099 ނުވަތަ ދިވެހި ފުލުހުންގެ ޚިދުމަތުގެ ހޮޓްލައިން ނަންބަރު 3322111 އަށެވެ.

ރޭގެ ހާދިސާ ހިނގި އިމާރާތުގެ ތެރެއިން14 މީހަކު ސަލާމަތްްފައިވާއިރު އެކަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުންނެވެ. އެމީހާގެ ހާލު ވަރަށް ސީރިއަސް އެވެ.

މިއީ ރާއްޖޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި މިހާ ގިނަ މީހުން މަރުވި ފުރަތަމަ ފަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް