އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު 30އަށްވުރެ ގިނަ މީހުން ވަގުތީ ހިޔާގައި

ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު 30 އަށްވުރެ ގިނަމީހުން ވަގުތީ ހިޔާތަކުގައި އެބަތިބި ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް (އެންޑީއެމްއޭ) އިން ބުނެފި އެވެ. އެންޑީއެމްއޭއިން ބުނީ...

10 Nov 2022 | 08:00

ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު 30 އަށްވުރެ ގިނަމީހުން ވަގުތީ ހިޔާތަކުގައި އެބަތިބި ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް (އެންޑީއެމްއޭ) އިން ބުނެފި އެވެ.

އެންޑީއެމްއޭއިން ބުނީ ރޭ އަލިފާނުގެ ހާދިސާ ހިނގުމާއި އެކު އެ އޮތޯރިޓީގެ ޓީމުތަކުން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

މިހާރު ސޯޝަލް ސެންޓަރުގައި ވަނީ ވަގުތީ ހިޔާ ގާއިމްކޮށްފައި އެވެ.

އެންޑީއެމްއޭއިން ބުނީ މިވަގުތު އެތަނުގައި31 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. އޭގެ ތެރޭގައ ނުވަ ބިދޭސީން ހިމެނެ އެވެ.

ވަގުތީ ހިޔާތަކުގައި ތިބި ދިވެހިންގެ ތެރޭގައި ހިމެނެނީ އެ ސަރަހައްދުގައި ހުރި ގެތަކުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ނެރުނު މީހުންނެވެ. އެންޑީއެމްއޭއިން ބުނީ ހާދިސާ ހިނގި ސަރަހައްދު ހަމައަށް އެޅޭ ވަރަކުން މީހުން އަނބުރާ އެ މީހުން ދިރިއުޅުނު ގެތަކަށް ބަދަލު ކުރަމުން ދާނެ ކަމަށެވެ.

ބަދަލުނުކުރެވޭ ހާލަތުގައި ހުރި ގެތަކުގައި ދިރިއުޅޭ އާއިލާތައް ގެސްޓްހައުސް ތަކަށް ބަދަލު ކުރުމަށް ވަނީ ނިންމާފައި އެވެ.

އަލިފާނުގެ ހާދިސާއާއި ގުޅިގެން އެހީތެރިކަން ބޭނުންވެފައި ގިނައިން ތިބީ ބިދޭސީންނެވެ. އޭގެ ބައެއް މީހުން އެ މީހުންނާ އެކު އުޅުނު ބައެއް އެކުވެރިންނާއި އާއިލާ މީހުންގެ ހަބަރެއް ނުވެގެން އުޅޭތަން ވެސް ފެނުނެވެ.

އަލިފާނުގެ މިހާދިސާ ހިނގަން މެދުވެރިވި އަސްލު ސަބަބެއް އަދިވެސް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް