ވޯލްޑް ކަޕް 2022 ޓީމް ޕްރޮފައިލް: ޑެންކާމް (ގުރޫޕް ޑީ)

ބައްރު: ޔޫރަޕް ފީފާ ރޭންކިން: 10 މިހާތަނަށް ވޯލްޑް ކަޕްގައި ކުޅުނު އަދަދު: 5 ފުރަތަމަ ވޯލްޑް ކަޕް ކުޅުނީ: 1986 އެންމެ ފަހުން ވޯލްޑް ކަޕް ކުޅުނީ: 2018 ވޯލްޑް ކަޕްގެ އެންމެ ރަނގަޅު ނަތީޖާ:  ކުއާޓާ ފައިނ...

10 Nov 2022 | 06:36

ބައްރު: ޔޫރަޕް

ފީފާ ރޭންކިން: 10

މިހާތަނަށް ވޯލްޑް ކަޕްގައި ކުޅުނު އަދަދު: 5

ފުރަތަމަ ވޯލްޑް ކަޕް ކުޅުނީ: 1986

އެންމެ ފަހުން ވޯލްޑް ކަޕް ކުޅުނީ: 2018

ވޯލްޑް ކަޕްގެ އެންމެ ރަނގަޅު ނަތީޖާ:  ކުއާޓާ ފައިނަލް ( 1998 )

ކޯޗު

ނަން: ކެޝްޕާ ހިޖޫލްމަންޑް

ގައުމު: ޑެންމާކް

އުމުރު: 49 އަހަރު

ޓީމާ ހަވާލުވީ: 2020 ވަނަ އަހަރު

ހިޖޫލްމަންޑް ވަނީ ކުޅުންތެރިއެއްގެ ގޮތުގައި 1987 ވަނަ އަހަރުން ފެށިގެން ޑެންމާކުގެ ކްލަބުތަކަށް ކުޅެފައެވެ. ނަމަވެސް ކުލަބު ފެންވަރުގައި އޭނާ އަށް ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ.

ޑެންމާކް ގައުމީ ޓީމާ ހަވާލުވުމުގެ ކުރިން ހިޖޫލްމަންޑް ވަނީ ޑެންމާކުގެ ކްލަބުތަކަކާއި ޖަރުމަންގެ އެފްއެސްވީ މައިންޒްއަށް އިރުޝާދު ދީފައެވެ. ނަމަވެސް އެ ކްލަބުތަކާއެކު އޭނާއަށް ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދިފައެއް ނުވެއެވެ. ހިޖޫލްމަންޑ  ޑެންމާކްގެ ގައުމީޓީމާއި ހަވާލުވީ 2020 ވަނަ އަހަރުގައެވެ. ޓީމާއި ހަވާލުވެ އެ އަހަރު އޮތް ޔޫރޯ މުބާރާތުގައި ޑެންމާކް ޓީމަށް އިރުޝާދު ދިނީ އޭނާއެވެ. ހިޖޫލްމަންޑްގެ އިރުޝާދުގެ ދަށުން ޑެންމާކް ވަނީ އެ މުބާރާތުގެ ސެމީއަށް ދަތުރުކޮށްފައެވެ. ހިޖޫލްމަންޑްގެ އިރުޝާދުގެ ދަށުން ޑެންމާކް މިހާތަނަށް 32 މެޗު ކުޅެފައިވެއެވެ. އޭގެތެރެއިން އެޓީމު ބަލިވީ އެންމެ އަށް މެޗުންނެވެ. ދެ މެޗުން އެއްވަރުވިއެވެ.

މުހިންމު ކުޅުންތެރިން:

ކްރިސްޓިއަން އެރިކްސަން

ޑެންމާކުގެ އެންމެ މުހިންމު ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔަކީ މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަންއެވެ. އެރިކްޝަން ވަނީ ޔޫރަޕްގެ ނަން މަޝްހޫރު ގިނަ ކުލުަބުތަކަކަށް ކުޅެފައެވެ. އޭގެ ތެރޭގައި އަޔެކްސް، ޓޮޓެންހަމް، އިންޓަ މިލާން، ބްރެންޓްފޯޑަށް އޭނާ ކުޅުނެވެ. އެރިކްސަން ވަނީ 2010 ވަނަ އަހަރުން ފެށިގެން މިހާތަނަށް ޑެންމާކަށް ކުޅުނު 117 މެޗުން 39 ގޯލު ޖަހައިދީފައެވެ. އެރިކްސަން ވަނީ 2010ގެ ވޯލްޑް ކަޕް އަދި 2018 ގެ ވޯލްޑް ކަޕްގައި ވެސް ޑެންމާކުގެ ޓީމަށް ކުޅެފައެވެ.

ސިމޮން ކެޔާ

ޑެންމާކްގެ ކެޕްޓަނަކީ އިޓަލީގެ އޭސީ މިލާނަށް ކުޅެމުން އަންނަ އުމުުރުން 33 އަހަރުގެ ތަޖުރިބާކާރު ޑިފެންޑަރު ސައިމަން ކެޔާ އެވެ. ކެޔާ އަކީ މިވަގުތު ޑެންމާކް ޓީމުގެ ފަހަތުގެ މައި ތަނބެވެ. ޔޫރަޕްގެ މަޝްހޫރު ގިނަ ކްލަބުތަކަށް އޭނާ ކުޅުނެވެ. އޭގެ ތެރޭގައި ޕަލެރްމޯ، އެޓަލާންޓާ، ލިލް، ފެނަބާޗޭ، ސެވިއްޔާ ފަދަ ކުލަބުތައް ހިމެނެއެވެ. ޑެންކާގެ ގައުމީ ޓީމަށް ކެޔާ ކުޅެން ފެށީ 2008 ވަނަ އަހަރެވެ. މިހާތަނަށް 121 މެޗު ކުޅެފައިވާއިރު، ފަސް ގޯލުވެސް ޖަހައިދީފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް