މ. ނިރުފެހީގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 10އަށް އަރައިފި އެވެ.
އެގޭގައި ހުންނަ ގަރާޖެއްގައި އަލިފާން ރޯވެގެން ސަލާމަތީ ބާރުތަކަށް ރިޕޯޓު ކުރީރޭ12:27 ހާއިރު އެވެ. އަލިފާން ގަނޑު އެއްކޮށް ނިއްވާލެވުނީ ރޭ ފަތިހު4:34 ހާއިރު އެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ހެނދުނު ވިދާޅުވީ މިހާތަނަށް 10 މީހުން މަރުވެފައިވާއިރު ފުރަތަމަ ފެނިފައިވަނީ އަށް މީހެއްގެ ހަށީގަނޑު ކަމަށެވެ. އަނެއް ދެމީހުންގެ ހަށިގަނޑު ފެނުނީ ފަހުންނެވެ.
އޭނާ ވިދާޅުވީ އަލިފާން ރޯވި ގޭގެ ތެރެއިން ފެނުނު މީހަކަށް އައިޖީއެމްއެޗުގައި ދަނީ ފަރުވާ ދެމުންނެވެ. އެމީހާގެ ހާލު ވަރަށް ސީރިއަސްއެވެ.
މަރުވެފައި އޮއްވަ ފެނުނުއ މީހުންގެ ހަށިގަނޑުތައް އޮތީ ވަރަށް ބޮޑަށް ފިހިފައި އެވެ. އެހެންވެ ހަށިތައް ނެރެގެން މޯޗަރީއަށް ގެންދަން ވެހިކަލްތަކަށް އެރުވީ ދެ ފަރާތުން ފޮތި ޖަހައި އާންމުންނަށް ނުފެންނަގޮތް ހަދައިގެންނެވެ.
ފުލުހުންނާއި ސިފައިން ގުޅިގެން އެގޭތެރެއިން އިތުރު މީހެއްގެ ހަށިގަނޑު އޮވެދާނެ ކަމަށް ބެލެވޭތީ ދަނީ އިތުރަށް ބަލަމުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ އިމާރާތުގެ ތެރެއިން 14 މީހަކު ސަލާމަތް ކޮށްފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެގޭ މަތީ ފަންގިފިލާތަކަކީ ބިދޭސީންނަށް ކުއްޔަށްދޭ ކޮޓަރިތަކެއް ހަދާފައި ހުންނަ ތަނެކެވެ. އެތަނުގައި30 އަށްވުރެ ގިނަ ކޮޓަރި ހަދާފައިވާ ކަމަށް މައުލޫމާތުލިބެ އެވެ.
(ތަފްސީލް އަންނަނީ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް