ރާއްޖެއިން ކޯވިޑް ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު360،000 އަށް އަރައިފި އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އިއްޔެގެ ނިޔަލަށް ރާއްޖެއިން 360،161 މީހުންނަށް ކޯވިޑް ވެކްސިންގެ ދެ ޑޯޒު ދީފައިވެ އެވެ. އިއްޔެ ވެކްސިންގެ ދެ ވަނަ ޑޯޒު ޖަހާފައިވަނީ403 މީހުންނެވެ.
އެއީ މާލެއިން ވެކްސިން ޖެހި192 މީހުންނާއި އަތޮޅުތެރެއިން211 މީހުންނެވެ.
އިއްޔެ ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވަނީ59 މީހުންނެވެ. އޭގެ ތެރެއިން39 މީހުން މާލެއިން ވެކްސިން ޖެހި އިރު އަތޮޅުތެރެއިން ފުރަތަމަ ޑޯޒު ޖެހީ20 މީހުންނެވެ.
މިހާތަނަށް ޖުމްލަ294،930 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވެ އެވެ.
ރާއްޖޭގައި ބޭނުން ކުރަނީ ފައިޒާ، އެސްޓްރަޒެނިކާ އަދި ސިނޯފާމް ވެކްސިން އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް