ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ ބާވަތްތަކެއްގެ ތަކެތި ނައްތާލައިފި އެވެ.
މި ތަކެތި ނައްތާލާފައިވަނީ މި ނޮވެމްބަރ މަހުގެ 8 އަދި 9 ދެ ދުވަހު ކ. ތިލަފުށީ ކުނި ނައްތާލާ ސަރަޙައްދުގަ އެވެ.
ކަސްޓަމްސް އިން ބުނީ ނައްތާލާފައިވަނީ 4142 ފުޅި ބަނގުރަލާއި 717 ދަޅު ބިޔަރާއި 31750 ސްޓިކް ބިޑި/ސިނގިރޭޓް ކަމަށެވެ. އަދި ބިޔަރާއި ބަނގުޔރާ ހުސްކުރި 523 ދަޅު/ފުޅި އާއި 7.3 ކިލޯ ގްރާމުގެ ދުންފަތް ވެސް ނައްތާލާފައިވާ ކަމަށް ބުނެ އެވެ.
މީގެ އިތުރުން ޖުވާކުޅޭ ސާމާނާއި ބުދު ފަދަ ތަކެތީގެ 173 އައިޓަމްސް ވެސް ނައްތާލާފައިވާ ކަަމަށް ކަސްޓަމްސް އިން ބުނެއެވެ.
މި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ޤަވާއިދުގެ 422 ވަނަ މާއްދާގެ ދަށުން, ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައި ނުގެންގޮސް ހުންނަ ތަކެއްޗާއި، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާތަކެތި ކަސްޓަމްސްއިން ނައްތާލުމުގައި ޢަމަލުކުރާ އުޞޫލުގެ ދަށުން ނައްތާލެވުނު ތަކެއްޗެވެ.
އެކިއެކި ސަބަބުތަކާހުރެ ކަސްޓަމްސްގައި ހިފެހެއްޓިފައި ހުންނަ ތަކެތި ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން ނައްތާލެވިދާނެކަމަށް ކަސްޓަމްސްގެ ޢާންމު ގަވާއިދުގައި ބަޔާންކުރެވިފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް