މަގުމަތީ ބާޒާރުތަކާއި ނައިޓް މާކެޓްތައް ބޭއްވުމުގެ ހުއްދަ މާލެ ސިޓީ ކައުންސިލުން ދެނީ

ވެރިރަށް މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ނައިޓް މާކެޓާއި މަގުމަތީ ބާޒާރާއި  ފެއާތައް ބޭއްވުމުގެ ހުއްދަ މާލޭ ސިޓީ ކައުންސިލުން ވަނީ އިއްޔެ ދޫކުރަން  ފަށައިފި އެވެ. މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނެ...

10 Nov 2021 | 13:41

ވެރިރަށް މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ނައިޓް މާކެޓާއި މަގުމަތީ ބާޒާރާއި  ފެއާތައް ބޭއްވުމުގެ ހުއްދަ މާލޭ ސިޓީ ކައުންސިލުން ވަނީ އިއްޔެ ދޫކުރަން  ފަށައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ވިދާޅުވެފައި ވަނީ ނައިޓް މާކެޓާއި މަގުމަތީ ބާޒާރު އަދި ފެއާތައް ބޭއްވުމުގެ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ބޭއްވުމުގެ ހުއްދަ އަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު އިއްޔެ އިން ފެށިގެން ހުޅުވާލާފައިވާ ކަމުގައެވެ.

ސިޓީ ކައުންސިލްގެ އިއުލާނުގައި އިތުރަށް ވިދާޅުވެފައި ވަނީ ހުއްދައަށް އެދޭ ފޯމާއެކު ނައިޓް މާކެޓާއި މަގުމަތީގެ ބާޒާރު އަދި ފެއާތައް ހިންގުމުގެ ހުއްދަ ދޫކުރުމުގައި އަމަލުކުރަން ޖެހޭ އުސޫލަށް ތަބާވާނެ ކަން ބަޔާންކޮށް، އިގުރާރެއްގައި ސޮއި ކޮށް ހުށަހަޅަންޖެހޭނެ ކަމުގައެވެ.

މި ހުއްދަ ދޫކުރަން ފަށާފައި މިވަނީ ކޮވިޑް ގެ ބަލިމަޑުކަމާއި ގުޅިގެން މާލޭގައި މަގުމަތީ ބާޒާރުތައް ބޭއްވުމުގެ ހުއްދަ ދިނުން މެދުކަނޑާލައިފަ އޮތުމަށް ފަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް