ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަަށް އައު ޗީފް އޮޕަރޭޝަންސް އޮފިސަރަކު ހަމަޖައްސައިފި އެވެ.
މި މަގާމަށް ހަމަޖައްސާފައިވަނީ ރާއްޖެއިން ބޭރުގެ ފަރާތެއްކަމަށްވާ ޑަރެން ވިލިއަމްސް ނަމަކަށް ކިޔާ މީހެއް ކަމަށް އެމްއޭސީއެލް އިން ބުނެއެވެ. އަދި އޭނާ މި މަގާމަށް ހަމަޖައްސާފައިވަނީ މއިަދު ކަމަށް ވެސް ބުންޏެވެ.
އެމްއޭސީއެލް އިން ބުނީ މިއީ ވިލިއަމްސް އެމްއޭސީއެލްއާ ގުޅިވަޑައިގެން ފުރަތަމަ ފަހަރު ކަމަށާއި ވިލިއަމް އަކީ 20 އަހަރު ދުވަހުގެ ތަޖުރިބާ މި ދާއިރާތަކުގައި ހާސިލްކޮށްފައިވާ ބޭފުޅެއް ކަމަށެވެ.
އެގޮތުން އެއަރޕޯޓު އޮޕަރޭޝަން މެނޭޖުމެންޓާއި އެއަރޕޯޓް ކޮމްޕްލިއަންސް މެނޭޖްމެންޓް އަދި އެއަރޕޯޓު ސަރވިސްގައި މަސައްކަތް ކޮށްފައިވާ ވިލިއަމްއަކީ ދުބާއީ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ވީޕޯ އެއަރސައިޑް އޮޕަރޭޝަނުގައި 10 އަހަރު މަސައްކަތް ކުރައްވާފައި ކަމަށް ވެސް އެމްއޭސީއެލް އިން ބުންޏެވެ.
މީގެ އިތުރުން ޔުނައިޓެޑް ކިންގްޑަމްގެ އެއަރޕޯޓުތަކާއި އަބާޑީން އިންޓަރނޭޝަނަލް އެއާޕޯޓާއި ލަންޑަން ސްޓާންސްޓެޑް އިންޓަރނޭޝަނަލްގައި ވެސް ވިލިއަން މަސައްކަތް ކުރައްވާ ތަޖުރިބާ ހޯއްދަވާފައިވާކަމަށް އެ ކުންފުނިން ބުނެއެވެ.
ހަމައެއާއެކު ބްރިޓިޝްގެ ހެލިކޮޕްޓަރު އޮޕަރޭޓްކުރާ ކުންފުންޏެއް ކަމަށްވާ "ބަބްކޮކް މިޝަން ކްރިޓިކަލް ސަރވިސެސް އޮފްޝޯ" ގައި އޮޕަރޭޝަން ޑައިރެކްޓަރެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރައްވާފައިވާ ކަމަށް ބުނެއެެވެ.
އެމްއޭސީއެލް އިން ބުނީ މި ހުރިހާ ތަޖުރިބާއެއްގެ އަލީގައި އެމްއޭސީއެލަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް