އިންޑިއާގައި ކޯވިޑް އަދަދުތައް މަޑުމަޑުން މައްޗަށް!

އިންޑިއާގައި ކޯވިޑް ޖެހޭ އަދަދު ވަރަށް ބޮޑަށް ދަށަށް ދިއުމަށް ފަހު މަޑުމަޑުން މައްޗަށް ޖެހެން ފަށައިފި އެވެ. އިންޑިއާގެ ޔޫނިއަން ހެލްތް މިނިސްޓްރީން އާންމު ކުރި އެންމެ ފަހުގެ ތަފާށް ހިސާބުތައް ދައްކާގ...

10 Nov 2021 | 13:13

އިންޑިއާގައި ކޯވިޑް ޖެހޭ އަދަދު ވަރަށް ބޮޑަށް ދަށަށް ދިއުމަށް ފަހު މަޑުމަޑުން މައްޗަށް ޖެހެން ފަށައިފި އެވެ.

އިންޑިއާގެ ޔޫނިއަން ހެލްތް މިނިސްޓްރީން އާންމު ކުރި އެންމެ ފަހުގެ ތަފާށް ހިސާބުތައް ދައްކާގޮތުގައި އިއްޔެ އެ ގައުމުން 11،466 މީހުންނަށް ކޯވިޑް ޖެހިފައިވެ އެވެ. އެއީ އޭގެ ކުރީ ދުވަހާއި އަޅާ ބަލައިރު 13 ޕަސެންޓު އިތުރު އަދަދެެކެވެ.

އެންމެ ގިނަ ކޭސްތައް އަދިވެސް ފެންނަމުންދަނީ ކެރެލާ ސްޓޭޓުންނެވެ. އިއްޔެ ޕޮސިޓިވްވި މީހުންގެ ތެރެއިން 6،409 މީހުންނަކީ އެ ސްޓޭޓުން ޕޮސިޓިވްވި މީހުންނެވެ. ދެން ކޯވިޑަށް މީހުން ޕޮސިިވްވެފައިވަނީ މަހާރާޝްޓްރާ އާއި ޓަމިލް ނާޑޫގެ އިތުރުން ވެސްޓް ބެކްގޯލް އާއި މިޒޯރަމް ސްޓޭޓުންނެވެ.

މިދިޔަ 24 ގަޑިއިރު ތެރޭގައި 460 މީހުން ކޯވިޑް ޖެހިގެން މަރުވެފައިވެ އެވެ.

ކޯވިޑް ކޭސްތައް މަޑުމަޑުން އިތުރު ވަމުން ދިޔަޔަސް އިންޑިއާގައި ކޯވިޑުން ރަނގަޅުވާ މީހުންގެ ނިސްބަތް އުޅެނީ 98 ޕަސެންޓުގައި އެވެ. އެހެންވެ މިހާރު ބަލި ކޮންޓްރޯކް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ސަމާލުކަން ދީގެން އުޅޭ ނަމަ ބަލީގެ ހާލަތު ކޮންޓްރޯލުން ނެއްޓިގެން ނުދާނެ ކަމަށް އިންޑިއާގެ ސިއްހީ އިދާރާތަކުން ބުނެފައިވެ އެވެ.

މިއަހަރުގެ ކުރީކޮޅު އިންޑިއާގެ ކޯވިޑް ހާލަތު ގޯސްވެ ދުވާލަކު ކޯވިޑް ޖެހުނު އަދަދު މެއި މަހުގެ ތެރޭގައި ހަތަރުލައްކައަށްވެސް އެރި އެވެ. އަދި އެއް ދުވަހާއި ކޯވިޑް ޖެހިގެން ހަތަރު ހާހަށްވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް