އައްޑޫ ސިޓީ ހިތަދޫގައި 18 އަހަރު ނުފުރޭ ކުޑަ ކުއްޖަކަށް ތަކުރާރުކޮށް ބިރު ދައްކައި ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި ފުލުސް މީހާ އަށް ދައުވާކޮށްފި އެވެ.
ފުލުސް މީހާ ހައްޔަރުކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ރޭގައެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ވިދާޅުވީ 2020 ވަނަ އަހަރުގެ ކުރީކޮޅުން ފެށެގެން އެކި ދުވަސް މަތިން އުމުރުން 18 އަހަރު ނުފުރޭ ކުއްޖަކަށް ބިރު ދައްކައިގެން އެކުއްޖާގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ ނެގުމަށްފަހު، އެ ފޮޓޯ ބޭނުން ކޮށްގެން ބްލެކްމެއިލްކޮށް އެ ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައިގައި ހައްޔަރު ކޮށްފައިވާ ފުލުހުންގެ ވަޒީފައިގައި ހުރި މީހާއަށް ދައުވާ ކޮށްފައިވާ ކަމުގައެވެ.
އެ މައްސަލައިގައި ދައުވާ އުފުލާފައިވާ ފުލުސް މީހާ އަކީ ޏ. ފުވައްމުލައްމާދަޑު، އޮމާން، އަހުމަދު ނަޒުމީނެވެ.
އޭނާގެ މައްޗަށް ދައުލަތުން އުފުލައިފައި ވަނީ ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާއާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް