އިންޑިއާ އިން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ރާއްޖެ ވަޑައިގެންފި

އަަވަށްޓެރި އިންޑިއާ އިން ދިވެހިރާއްޖެއަށް އަލަށް އައްޔަންކުރެއްވި އާ ސަފީރު މުނޫ މަހާވަރު ރާއްޖެ ވަޑައިގެންފިއެވެ. ސަފީރު މުނޫ މިއަދުގެ ވަގުތެއްގައި ރާއްޖެ ވަޑައިގަތީ އޭނާގެ މަގާމުގެ ފަތްކޮޅު ރައީސް ...

10 Nov 2021 | 10:15

އަަވަށްޓެރި އިންޑިއާ އިން ދިވެހިރާއްޖެއަށް އަލަށް އައްޔަންކުރެއްވި އާ ސަފީރު މުނޫ މަހާވަރު ރާއްޖެ ވަޑައިގެންފިއެވެ.

ސަފީރު މުނޫ މިއަދުގެ ވަގުތެއްގައި ރާއްޖެ ވަޑައިގަތީ އޭނާގެ މަގާމުގެ ފަތްކޮޅު ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް އަރުއްވާ، މަގާމުގެ ޒިންމާތަކާއި ހަވާލު ވެލެއްވުމަށެވެ.

އެންމެފަހުން އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނެވި ސަފީރު ސަންޖޭ ސުދީރު ވަނީ އިންޑިއާ އިން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ހަމަޖައްސާފައެވެ. އަދި އޭނާ ރާއްޖެއިން ފުރާވަޑައިގެންފައިވަނީ މިދިޔަ މަހުގެ ތިންވަނަ ދުވަހު އެވެ.

އަލަށް އައްޔަން ކުރެއްވި ސަފީރު މުނޫ އަކީ އިންޑިއާ އިން އޮމާނަށް ކުރިން ކަނޑައަޅުއްވާފައި ހުންްނެވި ސަފީރެވެ. އޭނާ އަށް މަގާމުގެ ފަތްކޮޅު އެރުވީ މިދިޔަ ބުރާސްފަތި ދުވަހު އިންޑިއާގެ ރައީސް ރާމް ނާތު ކޮވިންދު އެވެ.

ސަފީރު މުނޫ އަކީ 1996 ވަނަ އަހަރުން ފެށިގެން ޚާރިޖީ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ތަޖުރިބާ ކާރު ބޭފުޅެކެވެ.

އިންޑިއާ އާއި ރާއްޖެ އާއި ދެމެދު ގާތް ގުޅުންތަކެއް ޤާއިމު ކުރެވިފައި އޮވެއެވެ. އެގޮތުން މިހާރުވެސް ރާއްޖޭގައި އިންޑިއާ ސަރުކާރުގެ އެހީގައި ގިނަ މަޝްރޫޢު ތަކެއް ކުރިއަށް އެބަގެންދެއެވެ.

މީގެ ތެރޭގައި ތިލަމާލެ ބްރިޖުގެ މަޝްރޫޢު ފާހަގަ ކޮށްލެވެއެވެ. އެ މަޝްރޫޢޫ އަކީ ވެސް އިންޑިއާގެ ބޮޑު އެހީތެރިކަމަކާ ކުރިއަށް ގެންދަން ހަމަޖެހިފައިވާ މަޝްރޫޢު އެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް