ކޯވިޑް-19 އަށް ފަރުވާ ދެނިކޮށް ދެ މަހުގެ ކުއްޖަކު މަރުވެއްޖެ އެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އެ ކުއްޖާ މަރުވި އިރު ފަރުވާ ދެމުން ދިޔައީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެވެ.
މަރުވެފައިވަނީ ފިރިހެން ކުއްޖެކެވެ.
މިކަން އެޗްޕީއޭއިން އަދި ކަށަވަރެއް ނުކޮށްދެ އެވެ. އެ ކުއްޖާ މަރުވީ މެންދުރު12:00 ހާއިރު އެވެ.
މިއީ ނ. މަނަދޫއަށް ނިސްބަތްވާ ކުއްޖެކެވެ. އެ ކުއްޖާ އަކީ އުފަންވި އިރުވެސް ސިއްހީ މައްސަލަތަކެއް ހުރި ކުއްޖެއް ކަމަށްވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް