މި ސަރުކާރަށް ވުރެ ރައީސް ޔާމީން ސަރުކާރުގައި ދަރަނި ބޮޑު: މިނިސްޓަރ އަމީރު

މި ސަރުކާރަށް ވުރެ ރައީސް ޔާމީން ސަރުކާރުގައި ދަރަނި ބޮޑުކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށް ދިޔަ ދައުލަތުގެ ބ...

10 Nov 2021 | 08:05

މި ސަރުކާރަށް ވުރެ ރައީސް ޔާމީން ސަރުކާރުގައި ދަރަނި ބޮޑުކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށް ދިޔަ ދައުލަތުގެ ބަޖެޓްގެ ބަހުސްގައި މެންބަރުންގެ ވާހަތަކަށް ޖަވާބުދާރީވުމަށް ދެއްވި ފުރުސަތުގައި ވާހަކަ ދައްކަވަމުން ނެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ ޔާމީންގެ ސަރުކާރުގެ ދަރަނީގެ އަދަދު 39.6 ބިލިއަން ރުފިޔާއަށް އަރާއިރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ދަރަނި އަދި ހުރީ 34 ބިލިއަން ރުފިޔާގައި ކަމަށެވެ.

ދައުލަތުގެ ބަޖެޓްގެ ދަރަނި ބޮޑުވަމުންދާތީ އެކަމުގެ ފާޑުކިއުން ޕީޕީއެމް، ޕީއެންސީގެ މެންބަރުން އަމާޒުކުރައްވަމުން ގެންދަވާ މި ދަނޑިވަޅުގައި މިނިސްޓަރ ވިދާޅުވީ މި ސަރުކާރުން ދަރަނި ނަގަން ޖެހުނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުން އަރައިގަތުމަށް ކަމަށެވެ.

"ޔާމީން ސަރުކާރުގައި ހިންގި ބައެެއް މަޝްރޫއުތަކުގެ ފެންވަރު ދަށް ކަމުން އަލުން މަޝްރޫއުތައް މި ސަރުކާރުގައި ވަނީ ހިންގަން ޖެހިފަ. ޔާމީންގެ ސަރުކާރުން ސޮއިކުރި ލޯނު އެއްބަސްވުންތަކަށް ބަލާއިރު، އެ ސަރުކާރުގައި 58.9 ބިލިއަން ރުފިޔާ އަށް ދަރަނި އަރާ." އަމީރު ވިދާޅުވި އެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ މި ސަރުކާރުން ސޮއިކުރި ލޯނު އެއްބަސްވުންތަކުގެ އަދަދު އުޅެނީ 51.1 ބިލިއަން ރުފިޔާގައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް