ތިމާވެއްޓާ ގުޅޭ ކުރު ފިލްމުތައް ހަދަން ދަސްކޮށްދޭ ވޯކްޝޮޕެއް ފަށައިފި

ތިމާވެއްޓާއި މެދު ހޭލުންތެރިކަން އުފައްދައި، ތިމާވެށި ރައްކާތެރި ކުރުމަށް ބާރުއަޅައި ކުރު ފިލްމު ހަދަން ދަސްކޮށްދޭ ވޯކްޝޮޕެއް ފަށައިފި އެވެ. މިއީ ޔުނައިޓެޑް ނޭޝަނަލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެނ...

10 Nov 2021 | 07:03

ތިމާވެއްޓާއި މެދު ހޭލުންތެރިކަން އުފައްދައި، ތިމާވެށި ރައްކާތެރި ކުރުމަށް ބާރުއަޅައި ކުރު ފިލްމު ހަދަން ދަސްކޮށްދޭ ވޯކްޝޮޕެއް ފަށައިފި އެވެ.

މިއީ ޔުނައިޓެޑް ނޭޝަނަލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އާއި ދިރާގު ގުޅިގެން ކުރިއަށް ގެންދާ ވޯކްޝޮޕެކެވެ.

މި ޕްރޮޖެކްޓުގެ މަގުސަދަކީ ރާއްޖޭގެ ތިމާވެއްޓަށް އަންނަ ބަދަލުތަކާ މެދު ޒުވާނުން ހޭލުންތެރިކުރުވާ، ޒުވާނުން ބާރުވެރިކުރުވާ އެކަމާ ގުޅިގެން ދިމާވާ މައްސަލަތައް ފިލްމުގެ ޒަރިއްޔާއިން ދައްކުވައިދިނުން ކަމަަށް ޔޫއެންޑީޕީން ބުނެ އެވެ. އަދި މި ވޯކްޝޮޕްގެ ތެރެއިން ޒުވާނުންނަށް މޯބައިލް ފޯނާއި ޓެބްލެޓް ފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ޑޮކިއުމަންޓްރީ ސްޓައިލް ފިލްމު ހެދުމަށް ބޭނުންވާ ފަންނީ ހުނަރުތައް ލިބިގެންދާނެ ކަމަށް ވެސް ބުނެއެވެ.

ޔޫއެންޑީޕީން ބުނީ މި ވޯކްޝޮޕް ކުރިއަށް ދާނީ ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި ތަޖުރިބާކާރުންގެ އިރުޝާދުގެ ދަށުން ކަމަށެވެ. އަދި މި ވޯކްޝޮޕް ނިމިގެންދާއިރު ބައިވެރިން ގުރޫޕުތަކަށް ބަހާލެވި ތިމާވެއްޓަށް އަންނަ ބަދަލުތަކާއި ބެހޭގޮތުން ކުރު 5 ފިލްމު ތައްޔާރުކުރެވިގެންދާނެ ކަމަށް ވެސް އެފަރާތުން ބުނެއެވެ.

މީގެ އިތުރުން މި ވޯކްޝޮޕްގެ ބައިވެރިން އުފައްދާ ފިލްމުތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ފިލްމު ހޮވައި ދިރާގާއި ޔޫއެންޑީޕީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ދެއްކުމަށް ވަނީ ނިންމާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް