ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕް: ސެމީ ފައިނަލަށް 4 ޓީމު ހިނގައްޖެ - މެޗުތައް މިރޭ

ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމި، ސެމީފައިނަލަށް ޓީމުތައް ދަތުރުކޮށްފި އެވެ. ސެމީފައިނަލަށް ދިޔައީ ޝައިނިންގ ސްޓާރ، ކޭވައިއާރްސީ، ގްރީން ސްޓްރީޓްސް އަދި ޔޫތް ޔުނައި...

10 Nov 2021 | 06:48

ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމި، ސެމީފައިނަލަށް ޓީމުތައް ދަތުރުކޮށްފި އެވެ.

ސެމީފައިނަލަށް ދިޔައީ ޝައިނިންގ ސްޓާރ، ކޭވައިއާރްސީ، ގްރީން ސްޓްރީޓްސް އަދި ޔޫތް ޔުނައިޓެޑެވެ.

ސެމީ ފައިނަލުގެ ދެ މެޗު ވެސް މިރޭ ކުޅޭ އިރު، ފުރަތަމަ ސެމީގައި ވާދަކުރާނީ ކޭވައިއާރްސީ އާއި ޝައިނިންގ ސްޓާރ އެވެ. މި މެޗު ފަށާނީ 19:45 ގަ އެވެ.

ދެވަނަ ސެމީގައި 21:30 ގައި ބައްދަލުކުރާނީ ގްރީން ސްޓްރީޓްސް އާއި ޔޫތް ޔުނައިޓެޑެވެ.

ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި ކުރިއަށްދާ މިއަހަރުގެ މުބާރާތުގައި 10 ޓީމު ބައިވެރިވެފައިވާ އިރު، މުބާރާތް ކުރިއަށް ގެންދަނީ ބައިވެރިވި 10 ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން ނެވެ.

މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ 11 ވަނަ ދުވަހުގެ ރެ އެވެ.

މެޗުތައް ބެލުމަށް ވަނުން ވަނީ ހިލޭ ހުޅުވާލާފައިވާ އިރު، މެޗު ބަލަން ވަދެވޭނީ ކޮވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ ފަރާތްތަކަށެވެ.

ނެޓްބޯލް އެސޯސިއޭޝަނުން ވަނީ ކޮވިޑުން ރައްކާތެރިވުމަށް އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށާއި މާސްކު އަޅައިގެން ކުޅިބަލަން ތިބުމަށް އިލްތިމާސް ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް