ޔޫތު އެކްސްޗޭންޖް ޕްރޮގްރާމްގެ ދަށުން 14 ޒުވާނުން އިންޑިއާއަށް ފުރައިފި

އިންޑިއާ އާއި ރާއްޖެއާ ދެމެދު ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ގާއިމްކޮށްފައިވާ ފަހުމުނާމާގެ ދަށުން ރާއްޖޭގެ 14 ޒުވާނުން ހިމެނޭ ވަފްދެއް މިއަދު އިންޑިއާއަށް ފުރައިފި އެވެ. މިއީ...

10 Nov 2021 | 06:27

އިންޑިއާ އާއި ރާއްޖެއާ ދެމެދު ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ގާއިމްކޮށްފައިވާ ފަހުމުނާމާގެ ދަށުން ރާއްޖޭގެ 14 ޒުވާނުން ހިމެނޭ ވަފްދެއް މިއަދު އިންޑިއާއަށް ފުރައިފި އެވެ.

މިއީ މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހުގެ ނިޔަލަށް ކުރާ ދަތުރެކެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް ޔޫތު އެފެއަރޒް އެންޑް ސްޕޯޓްސްއިން ރާވާފައިވާ މި ދަތުރުގައި އެ ގައުމުގެ ވެރިރަށް ނިއުދިއްލީ އާއި އުދައިޕޫރު އަދި އާގަރާ ހިމެނޭ ގޮތަށް އެކި ސިޓީތަކަށް ޒިޔާރަތްކުރާނެ އެވެ.

މި ދަތުރުގެ ތެރެއިން ދަނޑުވެރިކަމާއިބެހޭ ޔުނިވަރސިޓީއަކަށް ޒިޔާރަތްކޮށް ސައިންޓިސްޓުން އަދި ދަރުވަރުންނާއި ބައްދަލުކޮށް ތަފާތު ޒަމާނީ ދަނޑުވެރިކަމުގެ އުކުޅުތަކާއި ވަސީލަތްތައް ބޭނުންކުރަން މި ވަފްދުން ދަސްކުރާނެ އެވެ. އަދި އިންޑިއަން އިންސްޓިޓިއުޝަަން އޮފް މެނޭޖްމަންޓްގެ ވިޔަފާރިވެރިންނާއި ބައްދަލުކޮށް އިންޑިއާގެ ޒުވާނުންގެ ވިޔަފާރީތައް އަދި އިންޑިއާގެ ސްޓާޓް އަޕް އިކޯސިސްޓަމްގެ މައުލޫމާތު ވެސް ރާއްޖޭގެ ޒުވާނުން ހޯދާނެ އެވެ.

މީގެއިތުރުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮަށް އަންހެނުން ބާރުވެރިކުރުވުމަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކާއި ބައްދަލުކުރުމުގެ އިތުރުން ނެހްރޫ ޔޫވާ ކެންޑްރަ ސަންގަތަންގެ މައި އޮފީސް އަދި ކްލަބް ހައުސަސްއަށް ވެސް ރާއްޖޭގެ ޒުވާނުންގެ ވަފްދުން ޒިޔާރަތްކުރާނެ އެވެ.

މިވަފްދުން ރާއްޖެ އާ ގުޅޭ ޚާއްސަ ޕްރެޒެންޓޭޝަނެއް ދިނުމަށް ނިންމާފައިވާ އިރު، އިންޑިއާގެ ސަގާފަތާއި އާދަކާދަތަށް ބަލާލައި، ތާރީޚީ އަދި ޓުއަރިސްޓު ތަންތަނަށް ވެސް ޒިޔާރަތްކުރުމަށް ވަނީ ނިންމާފަ އެވެ.

މީގެ ކުރިން 2018 ވަނަ އަހަރުގެ މާރޗު މަހު ވެސް މިފަދަ ދަތުރެއްގައި ރާއްޖޭގެ ޒުވާނުންގެ ވަފްދެއް އިންޑިއާއަށް ޒިޔާރަތްކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް