ރާއްޖޭގައި ހުންނަ ޖަޕާން އެންބަސީ އާއެކު މޯލްޑިވްސް ޕޮލިޓެކްނިކުން ގްރާންޓް ކޮންޓްރްކްޓެއްގައި ސޮއިކޮށްފި އެވެ.
ޕޮލިޓެކްނިކްގައި ބޭއްވި ރަސްމިއްޔާތެއްގައި ޕޮލިޓެކްނިކްގެ ފަރާތުން ސޮއިކުރެއްވީ މޯލްޑިވްސް ޕޮލިޓެކްނިކްގެ ސީއީއޯ އަހުމަދު ނާސިރެވެ. ޖަޕާނުގެ އެންބަސީގެ ފަރާތުން ސޮއި ކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ އެވެ.
މި ގްރާންޓް އެގްރީމެންޓްގެ ދަށުން ޕޮލިޓެކްނިކްގެ އެއަރ ކޮންޑިޝަނިންގ އަދި ރިފްރަޖެރޭޝަން ޑިޕާޓްމެންޓްގެ ކިޔަވައިދިނުމާއި އުނގެނުމުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ބައެއް އާލާތްތައް ހަދިޔާ ކުރުމަށް ހަމަޖެހިފައި ވެއެވެ.
ޓެކްނިކަލް އަދި ވޮކޭޝަނަލް ސެކްޓަރުތަކުގައި ޒުވާނުންނަށް އުނގަންނައިދިނުމުގެ މުހިންމުކަން ފާހަގަކުރައްވާ، ކެއިކޯ ޔަނާއީ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް ޖަޕާނުން މިފަދަ އެޙިތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ހަސަން ވަނީ ޖަޕާނުން ރާއްޖޭގެ ތައުލީމީ ނިޒާމު ހަރުދަނާކޮށްދިނުމަށް ފޯރުކޮށްދޭ އެފަދަ އެހީތެރިކަމަށް ޝުކުރުއަދާކުރައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް