ރާއްޖޭގައި ތައާރަފް ކުރަން ތައްޔާރުވަމުން އަންނަ ހޯމް ސްޓޭ މޮޑެލަކީ ދުނިޔެ ނަކަލު ކުރާނެ މޮޑެލަކަށްވާނެ ކަމުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މައުސޫމް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން މުޅިން އެހެން ދިމާލަކަށް ގެންދަންޖެހޭ ކަމުގަަ އެވެ.
އެގޮތުން ރާއްޖޭގެ ސަގާފަތާއި އާދަކާދަތައް ފަތުރުވެރިންނަށް ދައްކުވައިދޭންޖެހޭ ކަމަށާއި ރާއްޖޭގައި ތައާރަފް ކުރާ ހޯމް ސްޓޭ މޮޑެލަކީ ދުނިޔެ އިން ނަކަލު ކުރާނެ މޮޑެލަަަކަށް ހެދުމަށްޓަކައި ޓުއަރިޒަމް އިންޑަސްޓްރީގެ ބޭފުޅުންނާއި ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
ހޯމްސްޓޭ މޮޑެލަކީ އާންމުން ދިރިއުޅޭ ގެއެއްގައި ފަތުރުވެރިޔަކު ހުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއެކު އަގުދީގެން ގެއެއްގައި ހުރުމެވެ. ހޯމް ސްޓޭ މޮޑެލްގައި ގޯތިތެރޭގެ މާހައުލުން ލިބެން ހުރި ވަސީލަތްތައް ފަތުރުވެރިޔާ އާއެކު ގޭގައި ދިރި އުޅޭ މީހުން ހިއްސާކުރާނެ އެވެ.
އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ރާއްޖެއަށް ހޯމް ސްޓޭ ތައާރަފް ކުރުމުގެ މަސައްކަތް ކުރެވެމުން އަންނަ އިރު، މި ޚިދުމަތް ފުރަތަމަ ތައާރަފް ކުރާނީ ޒަމާނުއްސުރެ ރިހާކުރުހެދުމަށް މަޝްހޫރު މ. ދިއްގަރު (ރިހާކުރު އައިލެންޑް) ގަ އެވެ.
ހޯމް ސްޓޭ ތަޢާރަފް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، ދިއްގަރު ކައުންސިލުގެ އަމާޒަކީ 30 ކޮޓަރިން މިޚިދުމަތް ފަށައިގަތުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް