މިދިޔަ ހޫނު މޫސުމުގައި ހިލޭ ޓްރާނަސްފާގެ ދަށުން ފްރާންސްގެ ޕީއެސްޖީއާ ގުޅުނު ސްޕެއިން ޑިފެންޑަރ ސާޖިއޯ ރާމޯސް ޕީއެސްޖީގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފިއެވެ.
ރެއާލް މެޑްރިޑްގެ ކުރީގެ ކެޕްޓަން ސާޖިއޯ ރާމޯސް މިދިޔަ ހޫނު މޫސުމުގައި ޕީއެސްޖީއަށް ބަދަލުވިފަހުން ގިނަ ދުވަސްތަކެއް ހޭދަކުރަމުން އައީ އަނިޔާގައެވެ. އެހެން ކަމުން މިހާތަނަށް އެކުލަބުން ބޭއްވި އެއްވެސް ފަރިތަކުރުމެއްގައި އޭނާ ބައިވެރި ވެފައެއް ނުވެއެވެ.
ނަމަވެސް މިހާރު ޕީއެސްޖީގެ ކޭމްޕް ޑި ލޮގްސް ޓްރެއިނިން ފެސިލިޓީގައި ޕީއެސްޖީގެ ޓްރެއިނިން ސެޝަނާ ރާމޯސް ގުޅިފައިވާ ކަމަށް ޕީއެސްޖީން ވަނީ ބުނެފައެވެ.
ރާމޯސް އަނިޔާގައި ގިނަދުވަސްތަކެއް ހޭދަ ކުރަން ޖެހި ކުލަބަށާއި އޭނާއަށް މާޔޫސްކަން ކުރިމަތިވި ނަމަވެސް މިހާރު އޭނާ ކުލަބާއި އެކު ފުލް ޓްރެއިނިންއަށް އެނބުރި އައުމަކީ ލިބޭނެ ބޮޑު ހިތްހަމަ ޖެހުމެކެވެ.
ޕީއެސްޖީގެ ފަރިތަކުރުންތަކުގައި ރާމޯސް ބައިވެރިވެފައިވާއިރު، މިމަހުގެ 20 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ނަންޓްސް އާއި ދެކޮޅަށް ކުޅޭ މެޗުގައި ރާމޯސް ފެނިގެން ދާނެކަމަށް ވަނީ ބެލެވިފައެވެ.
މީގެ އިތުރުން ޗެމްޕިއަންސް ލީގުގައި ސިޓީއާއި ދެކޮޅަށް މިމަހުގެ 25 ވަނަ ދުވަހު ކުޅޭ މެޗުގައިވެސް ރާމޯސް ފެނިގެން ދާނެ ކަމަށް ވެސް ވަނީ ބެލެވިގައެވެ.
ރާމޯސް ރެއާލް މެޑްރިޑުން ޕީއެސްޖީއަށް ބަދަލުވީ ހަފްތާއަކު 250،000 ޕައުންޑް ލިބޭގޮތަށް ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
މިދިޔަ ހަފުތާގައި ރާމޯސްއަށް ދިމާވެފައިވާ ފިޓްނަސް މައްސަލަތަކާ ގުޅިގެން އޭނާ ޕީއެސްޖީއާއި އެކު ވެފައިވާ އެއްބަސްވުން ކެންސަލް ކުރަން ވިސްނަމުންދާ ކަމުގެ ވާހަކަތަކެއް ވަނީ މީޑިއާގައި ފެންމަތިވެފަ އެވެ.
އެކަމަކު ރާމޯސްގެ ބޭބެ އާއި އޭނާގެ އެޖެންޓް ވަނީ މިކަން ދޮގުކޮށް ފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް