ރާޖާއި ވަކިވަނީ ކަމަށް ބުނެ ޝިލްޕާ ދެއްކީ އަސްލެއް ނެތް ވާހަކަތަކެއްކަން ހާމަވެއްޖެ!

ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދްރާ އާއި ވަކިން އުޅެން ނިންމާފައިވާ ކަމަށް ބުނެ ޝިލްޕާ ދެއްކި ވާހަތަކުގަ އަސްލެއް ނެތް ކަން ހާމަވެއްޖެ އެވެ. ޝިލްޕާ ފިރިމީހާ އާއި ވަކިވާން ނިންމާ ގެއ...

10 Nov 2021 | 03:54

ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދްރާ އާއި ވަކިން އުޅެން ނިންމާފައިވާ ކަމަށް ބުނެ ޝިލްޕާ ދެއްކި ވާހަތަކުގަ އަސްލެއް ނެތް ކަން ހާމަވެއްޖެ އެވެ.

ޝިލްޕާ ފިރިމީހާ އާއި ވަކިވާން ނިންމާ ގެއިންވެސް ނުކުންނަން ނިންމާފައިވާ ކަމަށް ބުނީ ރާޖް ބަރަހަނާ ފިލްމު އުފެއްދި މައްސަލައިގަ ހައްޔަރު ކުރުމުންނެވެ. އެ މައްސަލައިގަ ޝިލްޕާގެ ކެރިއަރުވެސް އެފުށް މިފުށަށް ޖެހުމުން އެކަމުން ސަލާމަތްވާން ޝިލްޕާ މިފަދަ އެތައް ވާހަކައެއް ދައްކާފައިވެ އެވެ.

އެ މައްސަލައިގަ ޖުލައި މަހުގެ ފަހުކޮޅު ރާޖް ހައްޔަރު ކުރި ގޮތަށް ދޫކޮށްލީ މިދިޔަ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު އެވެ. އޭގެ ފަހުން އާއިލީ ބައެއް ފޮޓޯތަކުގައި ގޭތެރެއިން ދެމީހުން ފެނުނު ނަމަވެސް ދެމީހުން އެކުގައި އާންމު އެއްވެސް ތަނަކަށް ނުކުމެފައެއް ނުވެ އެވެ.

އިއްޔެ މީޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ދެމަފިރިން މިހާރު ތިބީ ހިންދޫ ދީނުގެ އީދު ކަމަށްވާ ދިވާލީ އާ ދިމާކޮށް އިންޑިއާގެ ހިމާޗަލް ޕްރަދޭޝްގެ ދަރަމްޝާލާގަ އެވެ. ދެމަފިރިން އެތަނުގައި ދީނީ އަޅުކަމެއްގައި ބައިވެރިވާ ފޮޓޯތަކެއް މީޑިއާގައި ވަނީ އާންމުވެފައި އެވެ.

ދެމީހުން ރީނދޫ ކުލައިގެ ހެދުން ލައިގެން ތިބި އިރު ތިބީ އަތުގުޅާލައިގެންނެވެ. ބަލާބެލުމަށް ޖަލުގައި ހޭދަވި މުއްދަތުގައި ރާޖްގެ ހަޑިގަނޑު ވަރަށް ބޮޑަށް ހިކިފައިވާ ކަން ފާހަގަކުރެވެ އެވެ.

ޝިލްޕާގެ މި ފޮޓޯތަކާއި އެކު ބައެއް މީހުންގެ ފާޑުކިޔުން ޝިލްޕާއަށް ވަނީ އަމާޒުވެފަ އެވެ. އެގޮތުން ފާޑުކީ މީހުން ބުނެފައިވަނީ ރާޖް ޖަލު ބަންދުގައި ހުރި އިރު އޭނާ އާއި ވަކިން އުޅެން ގެ ބަދަލުވާ ވާހަކަ ދައްކައިގެން ޝިލްޕާ މަސައްކަތް ކުރީ އަމިއްލަ އިއްޒަތާއި ގަދަރު ހިފެހެއްޓޭތޯ ކަމަށެވެ.

އަދި ދަރިންނަށް ރާޖްއާއި ގުޅޭގޮތުން ދައްކާ ވާހަކަތައް އަޑުއިއްވާ، ދައްކަން ބޭނުން ނުވާކަމަށް ބުނެ ޖެއްސީ މީޑިއާ ސްޓަންޓެއް ކަމަށް ބުނެފައިވެ އެވެ.

ރާޖްގެ މައްސަލަ ގަނޑުގެ ތެރޭގައި ރިލީޒް ކުރި ޝިލްޕާގެ ފިލްމު "ހަންގާމާ 2" ވަނީ ފްލޮޕްވެފަ އެވެ. އަދި އޭނާ ވަނީ ސޮނީން ދައްކާ ޝޯ "ސުޕާ ޑާންސް" އިންވެސް މަޖުބޫރީ ހާލަތުގައި އެ ދުވަސްވަރު ބްރޭކެއް ނަގާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް