އޭސްހާރޑވެއަރ އިން މި އަންނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ވަރަށް ހާއްސަ ސޭލް އެއް އެބަ ބާއްވައެވެ.
އޭސް ހާރޑްވެއާމި ސޭލްގައި މި ޕްރޮމޯޝަން އަށް ހާއްސް ކޮށް " ލަކް ޕޮޓް "(ނަސީބުގުޅި) އެއް ފިހާރައިގެ ކައުންޓަރު މަތީ ބޭންދިފައިވާނެއެވެ. މީގެން ނަސީބުގެ ގަތުގައި ނަމްބަރެއް ނެގުމަށް ފަހު އޭގައި އިންނަ ނަމްބަރު ޖަހާފައި އިންނަށް ރެކްއިން ބޭނުން މުދަލެއް ވަރަށް ހާއްސް ޑިސްކައުންޓަކާއެކު ލިބިގެންދާނެއެވެ.
މި ރެކުތަކުގައި %20 އިން ފެށިގެން %70 އާ ހަމައަށް ޑިސްކައުންޓު އެޅުވިފައިވެއެވެ. އަދި މިނޫނަސް ހަމަ އެކަނި 99.99ރުފިޔާ އަށް ލިބިގެންދާ ތަކެތި ވެސް މި ތަނުން ރެކެއްގައި ބެހެއްޓިފައި ވާނެއެވެ. އަދި މިޕްރޮމޯޝަން އަށް ހޮވާލައިފައިވާ ތަކެއްޗަކީ ކަސްޓަމަރުންނަށް ކަމުދާ ތަކެއްޗެވެ. މި ޕްރޮމޯޝަން ގައި ފިހާރައަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ބައިވެރި ވެވޭނެއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ ނޮވެންބަރު 11 އިން 13 ނޮވެމްބަރު އާ ހަމަ އަށެވެ.
އޭސް ހާރޑްވެއާރ އަދި ހޯމްސެނޓަރ އަކީ 1986 ގައި އުފަންވީ ކޯ ލޯޑް މޯލްޑިވްސްގެ ދަށުން ހިނގަމުންދާ ކުންފުނިއެވެ. މިގޮތުން 2011 ގައި ރާއްޖޭގައި އުފެދުނު އޭސް ހާރޑްވެއާރ އަކީ އޭސް އިންޓަނެޝަނަލް ޗިކާގޯ ޔޫއެސްއޭ އާއި އެކު ފްރެންޗައިސް އެގްރިމެންޓެއްގެ ދަށުން ސާރކް ރީޖަންގައި ހުޅުވުނު ފުރަތަމަ ފިހާރައެވެ. މިއަދު ރާއްޖޭގައި ހިންގަމުންދާ އޭސް ހާރޑްވެއާރގެ ދެ ފިހާރައަކީވެސް ދުނިޔޭގެ އެތަކެއް ނަން މަޝްހޫރު ބްރޭންޑްތަކުގެ ހާރޑްވެއާރ އަދި ތަފާތު ބާވަތްތަކުގެ ހޯމް އިމްޕްރޫވްމެންޓް ޕްރޮޑަކްޓްސް ރާއްޖެއަށް އެތެރެކުރާ މަގުބޫލް ކުންފުންޏެކެވެ.
"މި ޕްރޮމޯޝަން އަކީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެންމެ 3 ދުވަހަށް ބާއްވާ ޕްރޮމޯޝަން އެކެވެ. ވީމަ މިއީ ވަރަށް ރަގަޅު މުދާ ތަކެއް އަގު ހެޔޮކޮށް ލިބޭނޭ ޕްރޮމޯޝަން އެއްކަމުން މީގެ ބޭނުން އެންމެ ފުރިހަމަ ކޮށް ކަސްޓަމަރުން ހިފާނޭ ކަމަށް އުއްމީދު ކުރަމެވެ." އޭސް ހާރޑްވެއަރ އިން ހާމަކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް