ޚަބަރެއް ނުގެން ހޯދި "ނިޔަވާލި" ދޯނީގެ ހަބަރެއް ވެއްޖެ

ހަބަރެއް ނުވެގެން ހޯދަމުންދިޔަ "ނިޔަވާލި" މަސްދޯނީގެ ހަބަރެއް ވެފައިވާކަމަށް އެމްއެންޑީއެފުން ބުނެފި އެވެ. އެމްއެންޑީއެފުން ބުނެފައިވަނީ މި ދޯނީގެ ޚަބަރެއްވީ މިރޭ 23:29 ހާއިރުކަމަށް ދޯނީގެ ވެރިފަރާތުނ...

09 Nov 2017 | 19:02

ހަބަރެއް ނުވެގެން ހޯދަމުންދިޔަ "ނިޔަވާލި" މަސްދޯނީގެ ހަބަރެއް ވެފައިވާކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ މި ދޯނީގެ ޚަބަރެއްވީ މިރޭ 23:29 ހާއިރުކަމަށް ދޯނީގެ ވެރިފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވާކަމަށެވެ.

"މި ދޯނި މިހާރު އޮތީ ރ.އަތޮޅުގެ 7 މޭލު ބޭރުގައިކަމަށްވެސް މަޢުލޫމާތު ލިބެއެވެ. ދޯނީގެ ވެރިފަރާތުން މަޢުލޫމާތު ދިން ގޮތުގައި ދޯންޏާއި ނުގުޅުނީ ފޯނުގެ ރޭންޖު ނުލިބޭ ސަރަޙައްދެއްގައި އޮތުމުންނެވެ. މި ދޯނިން ދަތުރުކުރި އެންމެންގެ ހާލުވެސް ރަނގަޅެވެ." އެމްއެންޑީއެފުން ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް