މިހާރު ރާއްޖޭގައި ތިބީ އިންޑިއާގެ ސިވިލިއަނުން، އެމީހުން ތިބޭނީ ލެޓާ އޮފް އެކްސްޗޭންޖުގައިވާ މުއްދަތައްް: ޑިފެންސް މިނިސްޓަރ

މިވަގުތު ރާއްޖޭގައި ތިބީ އިންޑިއާގެ ސިވިލިއަނުން ކަމަށާއި އެމީހުން ތިބޭނީ ދެ ގައުމުގެ ދެމެދުގައި ބަދަލުކުރެވިފައި ލެޓާ އޮފް އެކްސްޗޭންޖުގައިވާ މުއްދަތަަށް ކަމަށް ޑިފެންސް މިނިސްޓަރ މުހައްމަދު ޣައްސާން...

10 Oct 2024 | 14:51

މިވަގުތު ރާއްޖޭގައި ތިބީ އިންޑިއާގެ ސިވިލިއަނުން ކަމަށާއި އެމީހުން ތިބޭނީ ދެ ގައުމުގެ ދެމެދުގައި ބަދަލުކުރެވިފައި ލެޓާ އޮފް އެކްސްޗޭންޖުގައިވާ މުއްދަތަަށް ކަމަށް ޑިފެންސް މިނިސްޓަރ މުހައްމަދު ޣައްސާން މައުމޫނު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ މުއިއްޒު އިންޑިއާއަށް ކުރެއްވެވި ދަތުރުފުޅާއި ގުޅިގެން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ޣައްސާން ވިދާޅުވީ، ރައީސްގެ އެ ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމުގައެވެ.

އަދި ރާއްޖޭގެ ސިޔާދަތާއި އިސްތިގްލާލަށް ބުރޫ އަރާނެފަދަ އެއްވެސް ކަމެއް، މި ދަތުރުފުޅުގައިވެސް އެހެން ދަތުރުފުޅެއްގައިިވެސް ކުރައްވަވާފައި ނެތް ކަމަށާއި އެއްވެސް އެއްބަސްބުމެއްގެ ދަށުން ދިވެހިންގެ ފުރިހަމަ ސިޔާދަތީ ބާރު ގެއްލޭފަދަ، ނުވަތަ ގެއްލުންވާފަދަ އެއްވެސް ކަމެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒުގެ ސަރުކާރުން ކޮށްފައި ނުވާކަމަށް ވެސް ޣައްސާން ވިދާޅުވިއެވެ.

މީގެއިތުރުން ޣައްސާން ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގްލާލު ހިމާޔަތްކުރަނީ ދިވެހި ސިފައިން ކަމަށާއި އެކަން ކުރާނީ ރައްޔިތުން ބޭނުންވާ ގޮޮތަށް ކަމަށެވެ. އަދި މި ސަރުކާރުން ދަނީ ދިވެހި އަސްކަރިއްޔާގެ ގާބިލްކަން އިތުރުކުރުގެ މަސައްކަތް ކުރައްވަމުން ކަމަށްވެސް ޣައްސާން ފާހަގަކުރެއްވިއެވެ.

"އެއްބަސްވުންތަކުގައިވެސް އޮތީ، ދިވެހި ރާއްޖެއިން އެދޭ ޚާލަތްތަކެއްގައި، އެދޭ ގޮތަކަށް ދިވެހި އަސްކަރިއްޔާގެ ޤާބިލިއްޔަތު އިތުރު ކުރެވޭ ވާހަކަ. އެއްވެސް ހާލެއްގައި އަޅުގަނޑުމެންގެ ޒިންމާތައް އެހެން އެއްވެސް ގައުމަކާއި ހަވާލު ކުރެވޭގޮތަށް ވާހަކައެއްދެކެވިފައި ނޯންނާނެ" ޣައްސާން ވިދާޅުވިއެވެ.

އިންޑިއާއަކީ ޒަމާނުއްސުރެން ރާއްޖެއާއި ގާތްގުޅުމެއް ބާއްވާ ގައުމަކަށްވާތީ މިފަހަރު ފެނިގެން މިދިދޔައީ ޑިޕްލޮމެޓިކް ރީތި އުސޫލުގެ ދަށުން އިންޑިއާ އާ ވާހަކަ ދައްކައިގެން ދިވެހިންނަށް އެންމެ ރަގަނޅު ގޮތް ހޯދައިދެއްވި މަންޒަރުކަމަށް ވެސް ޣައްސާނު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް