މަޖީދީމަގުގައި މިއަދު މަގު ހުރަސް ކުރަން އުޅުނު ތިން އަހަރުގެ އަންހެން ކުއްޖެއްގެ ގައިގާ ސައިކަލަކުން ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ މަޖީދީމަގު، ވިލާ މާޓު ކައިރި ކަފިހިހުރަހުން މަގު ހުރަސް ކުރަން އުޅުނު ތިން އަހަރުގެ އަންހެން ކުއްޖެއްގެ ގައިގާ ސައިކަލަކުން ޖެހި އެކްސިޑެންޓް ވެފައިވާކަމަށް މިއަދު 03:40 ހާއިރު ރިޕޯޓްކޮށްފައިވާކަމަށެވެ.
"މި ހާދިސާގައި އެ ކުއްޖާ ވެއްޓި ނިތްކުރިމަތި ދުޅަވެފައިވޭ، ކުއްޖާ ވަނީ އައިޖީއެމްއެޗްށް އަށް ގެންގޮސްފައި" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ ސައިކަލު ދުއްވި މީހާއަކީ ލައިސަންސް އޮންނަ މީހެއް ކަމަށާއި އެއީ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި މިކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް