ޒާރާއާއި ޝިޔާމް ކައިވެނިބައްލަވައިގެންފި

ނިމިދިޔަ ޢީދުގައި ދިވެހިންގެ މެދުގައި މަޝްހޫރުވެގެންދިޔަ ނެށުންތެރިޔާ އައިމިނަތު ޒާރާ، އާއި ވިޔަފާރިވެރިޔާ އަހުމަދު ޝިޔާމް މުހައްމަދު (ސަން ޝިޔާމް) ކައިވެނި ބައްލަވައިގެންފިއެވެ. ޝިޔާމް އާއި ޒާރާ ކައި...

10 Oct 2024 | 13:54

ނިމިދިޔަ ޢީދުގައި ދިވެހިންގެ މެދުގައި މަޝްހޫރުވެގެންދިޔަ ނެށުންތެރިޔާ އައިމިނަތު ޒާރާ، އާއި ވިޔަފާރިވެރިޔާ އަހުމަދު ޝިޔާމް މުހައްމަދު (ސަން ޝިޔާމް) ކައިވެނި ބައްލަވައިގެންފިއެވެ.

ޝިޔާމް އާއި ޒާރާ ކައިވެނި ބައްލަވައިގަތީ މިއަދު އޮޅުވެލި ބީޗް ރިސޯޓުގައި ބޭއްވި ބޮޑު ހަފްލާއެއްގައެވެ.ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ޒާރާ ރަންކިޔާފައިވަނީ 2024 ރުފިޔާއަށެވެ.

މި ހަފްލާގައި ޒާރާ އަދި ޝިޔާމްގެ އާއިލީ މެންބަރުން ބައިވެރިވެފައިވެއެވެ. '

ޒާރާއާއި ޝިޔާމް ކައިވެނި ބައްލަވައިގެންފައިވާއިރު މި ކައިވެންޏަކީ ދިވެހިން އެ ކައިވެންޏަކަށް އިންތިޒާރު ކުރަމުންދިޔަ ކައިވެންޏެކެވެ. އެގޮތުން މި އޮކްޓޯބަރު މަސް ފެށުނީއްސުރެ ޒާރާއާއި ޝިޔާމްގެ ކައިވެނީގެ ވާހަކަ ފަތު އަޑު ކިޔާފައި އެކި ޕްލެޓްފޯމްތަކުގައި ދައްކަމުން ގެންގޮސްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް