އިންޑިއާއަށް ކުރެއްވެވި ދަތުރުފުޅު ނިންމަވާލައްވާފައި ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފިއެެވެ.
ފުރަމާނަ ދަތުރުފުޅެއްގައި ރައީސް އިންޑިއާއަށް ވަޑައިގަތީ މިދިޔަ އާދިއްތަ ދުވަހެވެ. ދަތުރު ނިންމާލެއްވުމަށްފަހު ރައީސް އެނބުރި މާލެ ވަޑައިގަތީ މިއަދު މެންދުރެވެ.
ރައީސްގެ މި ދަތުރުފުޅުގައި ރައީސް ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަދި އެ ގައުމުގެ ރައީސް އަދި އެހެނިހެން އިއްޒަތްތެރިންނާއި ބައްދަލުކޮށް މުހިންމު މަޝްވަރާތަކެއް ކުރައްވާފައެވެ.
މި ދަތުރުފުޅުގައި ރާއްޖެއާއި އިންޑިއާއާއި ދެމެދު ވަނީ ފަސް އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ.
ޒަމާނުންސުރެން އިންޑިއާއި ރާއްޖެއާއި ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތް ތަކެއް ކުރައްވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް