45 އަހަރުން ދަށުގެ އަންހެނުންނަށް މަހްރަމަކާ ނުލައި އުމްރާއަށް ދެވޭނެ، އުސޫލު ބަދަލުކުރަން އަންގައިފިން: ޑރ ޝަހީމް

އިއްޔެ އާންމު ކުރި އުމްރާއަށް މީހުން ގެންދިޔުމާ ބެހޭ އުސޫލުން އުމުރުން 45 އަހަރުން ދަށުން އަންހެނުން މަހުރަމަކާ ނުލައި އުމްރާއަށް ނުދެވޭ ގޮތަށް އޮތް މާއްދާ، އުނިކުރުމަށް އިސްލާމިކް މިނިސްޓަރު، ޑރ. މުހ...

10 Oct 2024 | 09:25

އިއްޔެ އާންމު ކުރި އުމްރާއަށް މީހުން ގެންދިޔުމާ ބެހޭ އުސޫލުން އުމުރުން 45 އަހަރުން ދަށުން އަންހެނުން މަހުރަމަކާ ނުލައި އުމްރާއަށް ނުދެވޭ ގޮތަށް އޮތް މާއްދާ، އުނިކުރުމަށް އިސްލާމިކް މިނިސްޓަރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަންގަވައިފި އެވެ.

މީޑިއާތަކަށް ޝަހީމް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، 45 އަހަރުން ދަށުގެ އަންހެނުން މަހުރަމަކާ ނުލައި އުމްރާއަށް ނުދެވޭ ގޮތަށް އޮތް މާއްދާ އުވައިލަން އެންގީ ސައުދީއަރަބިއްޔާގެ ގަވާއިދުން އެ މާއްދާ މިހާރު އުވާލާފައި ވާތީ ކަމަށެވެ.

"މި މާއްދާ އުވައިލަން ވާނެ އަންގާފައި. މިއީ ސައޫދީގެ ހައްޖާއި އުމްރާ އާ ބެހޭ އުސޫލުތަކުގައި އެހެން އޮންނާތީ ރާއްޖޭގެ މިހައިތަނަށް އަމަލު ކުރާ ހައްޖު އުމަރާ އާ ބެހޭ ހުރިހާ އުސޫލެއްގައި ކުރިން ވެސް އޮންނަ މާއްދާއެއް،" ޝަހީމް ވިދާޅުވި އެވެ.

މަހުރަމަކާ ނުލައި އަންހެނުންނަށް ދަތުރު ކުރެވޭ ގޮތަށް އުސޫލު ބަދަލު ކުރުމުގެ މަސައްކަތް ފުށާފައިވަނީ  2016 ވަނަ އަހަރުގަ އެވެ. އެ މަސައްކަތުގެ ތެރެއިން ސައޫދީއަރަބިއްޔާގެ 14،000 އަންހެނުން ސޮއި ކޮށްފައިވާ ޕެޓިޝަނެއް އެ ގައުމުގެ ސަރުކާރަށް އޭރު ހުށަހަޅާފައިވެއެވެ.

ރާއްޖޭގެ އުމުރުން 45 އަހަރުން ދަށުގެ އަންހެނުންނަށް އުމްރާއަށް ނުދެވޭ ގޮތަށް ކަނޑައަޅާފައި އޮތީ އިއްޔެ އިސްލާމިކް މިނިސްޓްރީން އާންމުކުރި އުސޫލުގެ 22 ވަނަ މާއްދާގެ ވ. ގަ އެވެ.

މަހުރަމަކާ ނުލައި ހައްޖާއި އުމްރާއަށް ދެވޭ ގޮތަށް ސައުދީއަރަބިއްޔާއިން ފުރަތަމަ ހެދީ ކޮވިޑު-19 އާ ގުޅިގެން ހައްޖުގެ އަޅުކަން މެދުކެނޑުމަށްފަހު 2021 ވަނަ އަހަރު އެ ފުރުސަތު ހުޅުވައިލިއިރު އެވެ. އެ ނިންމުން ދާއިމީކޮށް ސައުދީގެ އުސޫލު ބަދަލު ކުރީ އޮކްޓޯބަރު، 2023، ގެ ތެރޭގަ އެވެ.

މަހްރަމަކާއިި ނުލައި އަަންހެނުން ދަތުރުކުރުމާއި ގުޅިގެން ދީނީ އިލްމުވެރިންގެ މެދުގައި ހިޔާލުތަފާތުވުން އުފެދުނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް