އުރީދޫގެ ކަސްޓަމަރުންގެ ދުވަސް ފާހަގަކޮށް ސީއީއޯ ޑިޖިޓަލް ކެއާ ޓީމާ ގުޅިއްޖެ

އުރީދޫ މޯލްޑިވްސްގެ އިން ފާހަގަ ކުރާ ކަސްޓަމަރުންގެ ދުވަހުގައި ސީނިއަރ މެނޭޖްމަންޓާއި އެގްޒެކެޓިވްސް އިން ކަސްޓަމަރުންނާއި ޕާޓްނަރުންނާއި ބައްދަލުކުރުމަށް ނިކުމެއްޖެއެވެ. އުރީދޫ މޯލްޑިވްސްގެ ސީނިއަރ މ...

10 Oct 2024 | 09:13

އުރީދޫ މޯލްޑިވްސްގެ އިން ފާހަގަ ކުރާ ކަސްޓަމަރުންގެ ދުވަހުގައި ސީނިއަރ މެނޭޖްމަންޓާއި އެގްޒެކެޓިވްސް އިން ކަސްޓަމަރުންނާއި ޕާޓްނަރުންނާއި ބައްދަލުކުރުމަށް ނިކުމެއްޖެއެވެ. އުރީދޫ މޯލްޑިވްސްގެ ސީނިއަރ މެނޭޖްމަންޓާއި އެގްޒެކެޓިވްސް އިން ކަސްޓަމަރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އޮކްޓޫބަރު މަހުގެ 8 ވަނަ ދުވަހު ވަނީ ކަސްޓަމަރުންގެ ދުވަސް ފާހަގަކޮށްފައެވެ. އުރީދޫގެ އަގުހުރި ކަސްޓަމަރުންގެ ބޭނުންތަކާއި ކަންބޮޑުވުންތައް އިތުރަށް ރަނގަޅަށް ދެނެގަތުމަށް ކަސްޓަމާ ސާވިސް ސެންޓަރުތަކަށާއި ބިޒްނަސް ޕާޓްނަރު ފިހާރަތަކަށާއި އެކި ހިދުމަތް ދޭ ތަންތަނަށް ޒިޔާރަތްކޮށް މި ދުވަސް ފާހަގަކޮށްފައިވެއެވެ.

ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް އުރީދޫއިން ކުރާ މަސައްކަތުގެ ތެރެއިން ސީއީއޯ ޚާލިދު އަލް ޚަމާދީ  ސޯޝަލް މީޑިއާގައި ކަސްޓަމަރުންގެ ސުވާލުތަކަށް ޖަބާބުދީ، ހޭންޑްސް އޮން ސޮލިއުޝަންތައް ހުށަހަޅައި، ބޭނުންކުރާ ފަރާތްތަކުގެ އަގުހުރި ފީޑްބެކް ތައް އަޑުއަހާފައިވެއެވެ. އަދި ޑިޖިޓަލް ޗެނަލްތަކުގެ އިތުރުން އަމިއްލަ މުއާމަލާތްތައް މެދުވެރިކޮށް ވެސް ކަސްޓަމަރުންނާ ގުޅުމަށް އުރީދޫއިން ކުރަމުން އަންނަ އަހައްމިއްޔަތުކަން އޭނާގެ އެންގޭޖްމަންޓުން ވަނީ ފާހަގަކޮށްފަ އެވެ.

މުޅި ދުވަހުގެ އެކި ވަގުތުތަކުގައި އުރީދޫގެ ސީނިއާ މެނޭޖްމަންޓާއި ޑިޕާޓްމަންޓްގެ އިސް ވެރިން ހިމެނޭ ގޮތަށް ގިނަ ތަންތަނަށް ޒިޔާރަތްކޮށް ކަސްޓަމަރުންނާ އަމިއްލައަށް ބައްދަލުކޮށް، އެ މީހުންގެ އަޑު ސީދާ ކުންފުނީގެ ނިންމުންތައް ނިންމާ ފަރާތްތަކަށް އިވޭކަން ކަށަވަރުކޮށްފައިވެ އެވެ.

އެގޮތުން ފީޑްބެކް އަޑުއަހައި، ކަންބޮޑުވުންތަކަށް ހައްލު ހޯދައިދީ، އުރީދޫގެ ބިޒްނަސް ޕާޓްނަރުންނާ ގުޅިގެން ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރެވޭނެ އާ ގޮތްތައް ދެނެގަނެފައިވެއެވެ.

އުރީދޫގެ ކަސްޓަމާ ޑޭ އިނީޝިއޭޓިވްގެ ސަބަބުން ކަސްޓަމަރުންނާއި ޕާޓްނަރުންނާ އެކު ގާތް ގުޅުމެއް ބާއްވަން އެ ކުންފުނިން ކުރާ މަސައްކަތުގެ އަގު ވަޒަންކޮށްދެ އެވެ. ކަސްޓަމަރުންގެ ކަންބޮޑުވުންތައް އަޑުއަހައި، ފްރަންޓްލައިންއިން ސީދާ މައުލޫމާތު އެއްކޮށްގެން، އުރީދޫގެ އަމާޒަކީ އެ ކުންފުނީގެ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅުކޮށް، މުޖުތަމައުގެ ކުރިއަރަމުން އަންނަ ބޭނުންތައް ފުއްދައިދޭ އިނޮވޭޓިވް ސޮލިއުޝަންތައް ފޯރުކޮށްދިނުން ކަމުގައި އޫރިދޫއިން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް