ގިނަ އަދަދެއްގެ ބަނގުރަލާއެކު ލަންކާ ރައްޔިތަކު ހައްޔަރު

ގިނަ އަދަދެއްގެ ބަނގުރަލާއެކު ސްރީ ލަންކާއަށް ނިސްބަތްވާ މީހަކު ހައްޔަރުކޮށްފިއެވެ. އެގޮތުން ފުލުހުން ބުނެފައިވަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ގެ ފުލުހުން ރޭ ޕެޓްރޯލް ކުރަމުންދިޔަ އިރު ލިބުނު މައުލޫމ...

10 Oct 2024 | 07:05

ގިނަ އަދަދެއްގެ ބަނގުރަލާއެކު ސްރީ ލަންކާއަށް ނިސްބަތްވާ މީހަކު ހައްޔަރުކޮށްފިއެވެ.

އެގޮތުން ފުލުހުން ބުނެފައިވަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ގެ ފުލުހުން ރޭ ޕެޓްރޯލް ކުރަމުންދިޔަ އިރު ލިބުނު މައުލޫމާތަކާ ގުޅިގެން، ކާރެއް ހުއްޓުވައި ބަލައިފާސްކޮށް މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސްރީލަންކާ ރައްޔިތެއްކަމުގައިވާ ތަރިންދު މަހޭސްހަކަ (25އ) އެވެ.

އޭނާ ދުއްވި ކާރު އަމީން އެވެނިއު ކައިރިން ހުއްޓުވައި ބަލައިފާސްކުރިއިރު 28 ފުޅި ބަނގުރާ ފެނިފައިވާކަމަށާއި މި މައްސަލައާ ގުޅިގެން، އޭނާ ދުއްވި ކާރު ޓޯކޮށްފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް