ޕިކަޕް ބެޓެރީތަކެއް ވަގަށް ނަގައިގެން ޕިކަޕެއްގައި ދިޔަ ދެ ދިވެއްސަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނެފައިވަނީ މިއަދު ހެނދުނު 06:45 އެހައިކަންހާއިރު، ފަރީދީ މަގު، ޗާންދަނީ މަގު ގުޅޭ ހިސާބުން ދުއްވާފައިދިޔަ ޕިކަޕެއްގައި ތިބި ބަޔަކާމެދު ތުހުމަތު ކުރެވިގެން ހުއްޓުވައި ބަލާ ފާސްކުރިއިރު ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ޕިކަޕް ބެޓެރީ (12 ބެޓެރީ) ފެނިފައިވާކަމަށެވެ.
މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. މަރަދޫފޭދޫ، މާކަރީ ލައިޓް، އުމުރުން 32 އަހަރުގެ އަލީ އަހްސަނާއި ސ. ފޭދޫ އަނަސް ގޭ އުމުރުން 43 އަހަރުގެ މުހައްމަދު ނީޒާދެވެ.
މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް