މަޖީދީމަގުގައި ހުންނަ "ސޮރީ ބޯއިސް" ފިހާރަ ކުރިމަތީގައި އަނިޔާތަކަކާއެކު އޮތް ފިރިހެނަކު އައިޖީއެއެޗް ހޮސްޕިޓަލަށް ގެންގޮސްފިއެވެ.
ދުވަހަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ މަޖީދީމަގުގައި ހުންނަ "ސޮރީ ބޯއިސް" ފިހާރަ ކުރިމަތީގައި އަނިޔާތަކެއް ލިބިފައި އޮތް ފިރިހެނަކު އޮތް ކަމަށް ރޭ 1:25 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.
"އައިޖީއެމްއެޗް އަށް ގެންގޮސް ފަރުވާދިނުމަށްފަހު 06:19 އެހައިކަންހާއިރު މީހާ ވަނީ ދޫކޮށްލާފައި" ފުލުހުން ބުނެފައިވެއެވެ.
ދުވަހަށް މައުލޫމާތުދެމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިސަރު ބުނީ އެއީ 32 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް