ބާރުގަދަ ހަރިކޭން މިލްޓަން ފްލޮރިޑާއާއި ހަމައަށް ފޯރައިފި

ރޭގައި ކެޓަގަރީ ފަހެއްގައި ހުރި ބާރުގަދަ ހަރިކޭން އެމެރިކާގެ ފްލޮރިޑާ ސްޓޭޓާއި ހަމައަށް މިހާރު ފޯރާފައިވާކަމުގައި މީޑިއާ ރިޕޯޓުތައް ބުނެފިއެވެ. ބައިނަލްއަގްވާމީ މީޑިއާގައި ރިޕޯޓުކޮށްފައިވާގޮތުގައި ފްލ...

10 Oct 2024 | 01:02

ރޭގައި ކެޓަގަރީ ފަހެއްގައި ހުރި ބާރުގަދަ ހަރިކޭން އެމެރިކާގެ ފްލޮރިޑާ ސްޓޭޓާއި ހަމައަށް މިހާރު ފޯރާފައިވާކަމުގައި މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ބައިނަލްއަގްވާމީ މީޑިއާގައި ރިޕޯޓުކޮށްފައިވާގޮތުގައި ފްލޮރިޑާގެ ޓެމްޕާ ސިޓީ ހުރަސްކޮށް ދަތުރުކުރާނެކަމަށް ބެލެވޭ މި ހަރިކޭން އަކީ ބާރުގަދަ ނުރައްކާތެރި އަދި ބޮޑު ގެއްލުމެއް ދީފާނެ ހަރިކޭން އެކެވެ.

ފްލޮރިޑާއާއި ހަމައަށް ހަރިކޭން ފޯރިއިރު ހަރިކޭންގެ ބާރު ކުޑަކޮށް ދަށްވެ ކެޓަގަރީ ތިނަކަށް ދަށްވެފައިވީނަމަވެސް ނިމިދިޔަ ސެޕްޓެމްބަރު ފަހުކޮޅު ފްލޮރިޑާއަށް އެރި ހެރިކޭން ހެލީންގެ ސަބަބުން ލިބުނު ގެއްލުމާ އެއްވަރު ނޫނީ އެއަށްވުރެ ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް އަންދާޒާކުރެއެވެ.

ހަރިކޭން ހެލީންގައި 227 މީހެއްގެ ފުރާނަ ގެއްލި 285 މީހަކު ގެއްލިފައިވާއިރު ލިބުނު ގެއްލުމުގެ އަދަދު އުޅެނީ 38.5 ބިލިޔަން ޑޮލަރަށްވުރެ މަތީގައެވެ.

ހަރިކޭން މިލްޓަން ސީދާ އަރާނެކަމަށް ބެލެވޭ ޓެމްޕާ ސިޓީއަކީ ތިން މިލިޔަން މީހުންގެ އާބާދީއެއް ދިރިއުޅެމުން އަންނަ ސިޓީއެކެވެ. މި ހަރިކޭން އާއި ގުޅިގެން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ އިތުރުން ވަގުތީ ހިޔާތައް ހަމަޖެއްސުމާއި ސަލާމަތީ އައްސޭރިތަކަށް މީހުން ގެންދިއުމުގެ މަސައްކަތް ފްލޮރިޑާ ސްޓޭޓްގެ ކަމާއިބެހޭ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް