'ޕިންކްރިބަންރަންވޯކް' ކެންސަރާ ގުޅޭ ހިނގާލުމެއް އަންނަހޮނިހިރުދުވަހު

ކެންސަރަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް "ޕިންކް ރިބަން ރަން ވޯކް" އަންނަ ހޮނިހިރު ދުވަހު އޮންނާނެކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ބުނެފިއެވެ. ސީއެސްއެމް އާއި ބީއެމްއެލް އާ ގުޅިގެން ބާއްވ...

10 Oct 2023 | 08:16

ކެންސަރަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް "ޕިންކް ރިބަން ރަން ވޯކް" އަންނަ ހޮނިހިރު ދުވަހު އޮންނާނެކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ބުނެފިއެވެ.

ސީއެސްއެމް އާއި ބީއެމްއެލް އާ ގުޅިގެން ބާއްވާ މި ހަރަކާތް ފަށާނީ ހޮނިހިރު ދުވަހުގެ ހަވީރު 4:00 ގައި ކަމަށް ބީއެމްއެލް އިން ބުނެއެވެ.

އަދި މި ހަރަކާތް ހުޅުމާލޭގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެއް ވަގުތެއްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައި ކަމަށް ބީއެމްއެލް އިން ފާހަގަކޮށްލައެވެ.

މީގެ އިތުރަށް، ބީއެމްއެލް އިން ބުނާ ގޮތުގައި ދުވުމުގައި ބޭނުންކުރާ ބިބް މާލޭން ލިބެން ހުންނާނީ ސޮނީ ސްޕޯރޓްސް ލައިފް ސްޓައިލް (މަޖީދީމަގު)، ހަމީދިއްޔާ (ބޮޑުތަކުރުފާނު މަގު)، ސޮނީ ސްޕޯރޓްސް އައުޓްލެޓް ސްޓޯރ (ހުޅުމާލެ) އިންނެވެ.

އަދި މި ހަރަކާތް އޮންނަ ރަށްތަކުން ވެސް ބިބް ގަންނަން ލިބެން ހުންނާނެކަމަށް ބީއެމްއެލް އިން ބުނެފައިވެއެވެ.

ބީއެމްއެލް އިން އަންނަނީ 2016 ވަނަ އަހަރުން ފެށިގެން "ޕިންކް ރިބަން ރަން ވޯކް" ބޭއްވުމަށާއި އަދި ކެންސަރ ސްކްރީނިންގ ފަދަ އެ ޖަމިއްޔާއިން ހިންގާ ހަރަކާތްތަކަށް އެހީތެރިވަމުންނެވެ.

ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް ގެ ފަރާތުން ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު މަހު މި ހަރަކާތް ދަނީ ބާއްވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް