ރާއްޖެއިން ނެރޭ ޓެރަރިސްޓް ޖަމާއަތުގެ ލިސްޓަށް ގްރޫޕެއް އިތުރު ކޮށްފިއެވެ.
ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ލަފަޔާއެކު ކޮންމެ އަހަރަކު މުރާޖައާ ކުރަން ޖެހޭ މި ލިސްޓަށް އިތުރު ކޮށްފައި ވަނީ އިންޑޮނޭޝިއާގެ ގްރޫޕެއް ކަމުގައިވާ ޖަމާ އަންޝާރުއް ދައުލާ "ޖޭއޭޑީ"އެވެ.
މި ޖަމާއަތަކީ ޓެރަރިސްޓް ހަމާއަތެއް ކަމަށް 2020 ވަނަ އަހަރު އދ ގެ ސެކިއުރިޓީ ކައުންސިލުންވެސް ވަނީ ކަނޑައަޅާފައެވެ.
ރާއްޖޭގެ ޓެރަރިޒަމް މަނާކުރާ ގާނޫނުގެ ދަށުން، ޓެރަރިސްޓް ޖަމާއަތުގެ ލިސްޓެއް ރައީސް ކަނޑައަޅުއްވަން ޖެހެއެވެ. އަދި ދިވެހިން ދަތުރުކުރުން މަނާ ހަނގުރާމަވެރި ސަރަހައްދުތައް ވެސް ކަނޑައަޅަން ޖެހޭ ކަމަށް އެ ގާނޫނުގައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް